Search Streamline Icon: https://streamlinehq.com

މިއީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ވަރަށް މުހިއްމު އިންތިޚާބެއް: ރައީސް ޔާމީން

Raees Yaameen

މިއީ ރިޔާސީ އިންތިޚާބުގެ ކުރިން ބާއްވާނެ އެންމެ ބޮޑު އިންތިޚާބު ކަމަށާއި، މިހާރު ކުރިއަށްދާ އިންތިޚާބަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި، ވަރަށް މުހިންމު އިންތިޚާބެއްކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ދާއިރާތަކަށް ރައީސުން ކަނޑައެޅުއްވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ކުރިއަށް ގެންދަވާ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ވަޑައިގެން މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދަވާ ދާއިރާތަކުގެ އިންތިޚާބުގައި އެމަނިކުފާނު ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާކަމުގައެވެ. އަދި އެތެރޭގެ އިންތިޚާބުތަކުގައިވެސް އެމަނިކުފާނުގެ ދައުރެއް ނޯންނާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ އަސާސީ ޤާވާއިދަށް ގެނައި ބަދަލާއިއެކު ދާއިރާތަކުގެ ރައީސުން ވަނީ ޕާޓީގެ ހިންގުމުގެ އޮނިގަނޑުގައި ހިމަނުއްްވާފަ އެވެ. އަދި ދާއިރާތަކުގެ ރައީސުންނަކީ ޕާޓީގައި ހަ ވަނައަށް އެންމެ ބާރުގަދަ މަޤާމު ކަމަށްވެސް  ޕީޕީއެމް އިން ވަނީ ކަނޑައަޅުއްވާފައެވެ.

އިިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދަވާ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 10:00 ގަ އެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެންމެ ބޮޑު ކޯލިޝަން ކަމުގައިވާ، ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ޓިކެޓް ރަސްމީކޮށްވަނީ ރައީސް ޔާމީންގެ އަތްޕުޅަށް އަރުވާފަ އެވެ. އެހެންކަމުން އެމަނިފާނު މިހާރު ގެންދަވަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ވަޑައިގެން އެމަނިކުފާނަށް ތާޢީދުކުރައްވާ ފަރާތްތަކާއި ބައްދަލުކުރައްވައި އަދި ޕާޓީއާއި އިތުރު ފަރާތްތަކާއި ގުޅުވުމުގެ މަސައްކަތްޕުޅުވެސް ކުރައްވަމުން ނެވެ.

Leave a Reply

Your email address will not be published. Required fields are marked *