Search Streamline Icon: https://streamlinehq.com

އަލިފުށި އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާގޮތުގެ މައުލާތާއި ފޮޓޯ: އެމްޓީސީސީ

Alifushi airport fenvaru online

މާޅޮސްމަޑުލު އުތުރުބުރީގައި ޤާއިމްކުރާ ދެވަނަ އެެއާޕޯޓް އެއަތޮޅު އަލިފުށީގައި ތަރައްގީ ކުރުުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު، އެމްޓީސީސީ އިން އާއްމުކުރައްވައިފި އެވެ.

އެމްޓީސީސީ އިން ހާމަކުރެއްވި ގޮތުގައި އަލިފުށިން ބިން ހިއްކުމާއި އެރަށު އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އަލިފާން ނިއްވާ އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް މިހާރުވަނީ ފައްޓަވާފައެވެ. އަދި މިހާރު ކުރިއަށްދަނީ ފަޔަރ ޕޮންޑުގެ ޝަޓަރިންގ އާއި ބާ ބެންޑިންގ މަސައްކަތްތައް ކަމަށްވެސް އެމްޓީސީސީ އިން ހާމަކުރައްވަ އެވެ.

އަލިފުށީ އެއާޕޯޓާއި ގުޅޭގޮތުން އެމްޓީސީސީއިން މައުލޫމާތު ހިއްސާ ކުރެއްވި ގޮތުގައި އަލިފުށީ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށޭނީ އެރަށުގެ ބިން ހިއްކާ ނިމުމުން ނެވެ. 
އަލިފުށީގައި އެއާޕޯޓް ތަރައްގީ ކުރުމާއި، ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 50.5 ހެކްޓަރުގެ ބިން ހިއްކުމާއި، 2871 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި، 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 665 މީޓަރު ސަރަހައްދެއްގައި ފެންސް ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީއިން ހާމަކުރައްވައެވެ. 

މީގެ އިތުރުން ރަންވޭ އަކާއި، އޭޕްރަންއަކާއި، ޓެކްސީވޭއަކާއި، ފަޔާ ޕެޑުގެ އިތުރުން މަގު ހެދުމަށް މި މަޝްރޫއުގެ ދަށުން ވަނީ ހަމަޖެހިފަ އެވެ. އަދި އެއާފޯލްޑް ލައިޓިން ސިސްޓަމް ހަރުކުރުމާއި، ބައްތި ހަރުކުރުމާއި، އަލިފާން ނިއްވާ އިކުއިޕްމަންޓު ހަރުކުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ، 451.61 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. 

Leave a Reply

Your email address will not be published. Required fields are marked *