Search Streamline Icon: https://streamlinehq.com

ކުޅުދުއްފުށިސިޓީގައި ނުރައްކައުތެރި އެކްސިޑެންޓެއް ހިނގައިފި

Kulhudhuffushi Axident Fenvaru Online

ކުޅުދުއްފުށި ސިޓީގައި އެމްޓީސީސީގެ ޓްރަކާއި ޓެކްސީއެއް ޖެހި ނުރައްކައުތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުގައި ހިނގި މިއެކްސިޑެންޓްގައި ތެކްސީއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ޓްރަކަށްވެސް ވަނީ ކުދިކުދި ގެއްލުންތަކެއް ލިބިފަ އެވެ.

މިއަދު މެންދުރުކުރީގެ ވަގުތެއްގައި ހިނގި މި އެކްސިޑެންޓުގައި އެމްޓީސީސީގެ ލޮރީއަކާއި ޓެކްސީއެއްޖެހި ޓެކްސީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް ލޮރީގެ ފަހަތުގައި ޖެހިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *