ރޭ މާލޭގައި ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާ އާއި ގުޅިގެން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖުމްހޫރީި ދުވަހުގެ ޖަލްސާ މާދަމާ ރެޔަށް ބަދަލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބުނިގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމުގގެ މަތިން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މިވަނީ މާދދަމާ ރެޔަށް ބަދަލުކޮށްފައެވެ.
އެހެންކަމުން މިޖަލްސާއަށް ދަޢުވަތު އެރުވިފައިވާ އެންމެހާ ބޭފުޅުން މާދަމާ ރޭ އެވަގުތަށް ޖަލްސާއަށް ހާޒިރުވުމަށްވެސް އަންގަވާފައިވެއެވެ.
ރޭ މާލޭގައި ހިނގާފައިވާ އަލިފާނުގެ ހާދިސާއަކީ ފަހުގެ ތާރީހެއްގައި އެންމެ ގިނަ މީހުން މަރުވި އަލިފާނުގެ ހާދިސާ އެވެ. މިހާދިސާގައި މިހާތަނަށް 10 މީހަކު ވަނީ ނިޔާވެފައެވެ.
ބިދޭސީން އުޅޭ ގެއެއްގައި ރޭ ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އަވަށްޓެރި އިންޑިޔާގެ މީހުންނާއި ބަންގްލަދޭޝް މީހުން ވަނީ ނިޔާވެފައެވެ. އަދި އެކެއްގެ ހާލު އަދިވެސް ވަރަށް ސީރިޔަސްއެވެ. އެހެންކަމުން މިފަދަ ދަނދިވަޅެއްގައި ހިތާމަ ފާޅުކުރުމުގެ ގޮތުން މިރޭގެ ޖަލްސާ މިވަނީ ފަސްކޮށްފައެވެ.









