Search Streamline Icon: https://streamlinehq.com

ބޮޑުތަކުރުފާނު މަގުގެ ތާރުގަނޑުގައި ރެނދުލައި ބިންގަނޑު ގަނބައިގެންފި

Big HzZTmXJNSoUGqLgiTuFn0UgVO

މާލޭ ބޮޑުތަކުރުފާނު މަގުގެ ބަޔަކުން ތާރުގަނޑުގައި ވަރަށް ބޮޑަށް ރެނދުލައި ގަނބައިގެންފި އެވެ.

ވިލާ ކޮލެޖްގެ ”ކިއުއައި ކެމްޕަސް“ ކައިރިން ބޮޑުތަކުރުފާނު މަގުގައި ރެނދުލައި ތާރުގަނޑާއެކު ގަނބައިގެންފިއެވެ.

މާލެސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ މިއަދު ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ އެ ސަރަހައްދުގެ ތާރުގަނޑު ކަނޑައިގެން ގޮސްފައި ވަނީ ވިލާ ކޮލެޖްގެ އާ އިމާރާތް އަޅަން އޮތް ހުސް ތަނުގެ ބިން ކޮނުމުގެ ތެރޭގައި ކަމަށެވެ.

ޝިއުނާ އިތުރަށް ވިދާޅުވީ ތާރުގަނޑު ކަނޑައިގެން ދިއުމާއެކު އެމީހުން ކުރަމުން ދިޔަ މަސައްކަތް ހުއްޓުވައި، އެކަން ހައްލު ކުރަން އެ ކުންފުންޏަށް ވަނީ އަންގާފައެވެ. އެ ކުންފުނިން މިހާރު އެ ސައިޓްގައި ފައުންޑޭޝަން އެޅުމަށް ދަގަނޑު އަތުރަމުންދާ ކަމަށް ވެސް ޝިއުނާ ވަނީ ވިދާޅުވެފައެވެ.
ވިލާ ކޮލެޖް އިމާރާތުގެ އެ މަސައްކަތް ކުރަމުން ދަނީ މާލާ ހައި ރައިޒިން ކުންފުނިންނެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގުން ބައެއްގައި ރެދުނދު ލައި ތާރުގަނޑާއެކު ގަނބައިގެންފައިވާ ސަރަހައްދު ވަކިވާ ގޮތަށް ވަރަށް އާދައިގެ ގޮތަކަށް ޓޭޕް ފަށެއް ދަމާފައި އެބަހުއްޓެވެ. އެ މަގަކީ ދުއްވާ މީނާއި ދުވާ މީހުނާއި ހިނގާ މީހުންގެ ހިމެނޭ ގޮތަށް ކާރުބާރު ބޮޑު މަގަކަށްވާއިރު ތާރުގަނޑު ކަނޑައިގެން ގޮސް ގަނބައިގެންފައިވާ އެ ސަރަހައްދުގެ މައްސަލަ ހައްލުކޮށް މަރާމާތު ނުކޮށް ގިނަ ދުވަސްވާ ނަމަ އޭގެ ސަބަބުން ބޮޑު ނުރައްކަލެއް ކުރިމަތި ވުމުގެ ފުރުސަތު ބޮޑެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *