Search Streamline Icon: https://streamlinehq.com

ވޯލްޑް ކަޕަށް ޚާއްޞަ ދިވެހި ލަވައެއް

315973395 6179529982057678 6749445138249533545 n

އުރީދޫއިން ވޯލްޑް ކަޕަށް ހާއްސަކޮށް ދިވެހި ލަވައެއް ނެރެފިއެވެ. 

ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ އޮފިޝަލް ލަވަ ”އަރްބޯ“ ލަވަޔާއި އެއްގޮތަށް އުރީދޫއިން މިވަނީ ދިވެހި ލަވައެއް ނެރަފައެވެ.

ފޯރިގަދަ މިލަވައަކީ ދިވެހި ފަންނާނުން ހިމަނައިގެން އުރީދޫއިން ނެރެފައިވާ ލަވައެކެވެ. އަދި ހަމައެއާއެކު ފީފާ ވޯލްޑް ކަޕާއި ދިމާކޮށް އުރީދޫއިން ވަނީ ހާއްސަ ޕްރޮމޯޝަންތަކާއި އޮފާތައް ފަށާފައެވެ.

އެގޮތުން ބަލާއިރު ވޯލްޑް ކަޕް ޕެކެއް އުރީދޫއިން ވަނީ ތައާރަފްކޮށްފައެވެ މި ޕެކް އެކްޓިވޭޓް ކޮށްލުމުން މީޑިއާނެޓް އެޕް މެދުވެރިކޮށް މެޗްތައް ބަލާލުމަށް 100 ޖީބީ ޑޭޓާ އާއި މީޑިއާނެޓް މަލްޓި ސްކްރީން އެޕްލިކޭޝަނަށް 30 ދުވަހުގެ ސަބްސްކްރިޕްޝަން އެންމެ 250ރ އަށް ލިބިވަޑައިގަންނަވާނެއެވެ. އުރީދޫ މޮބައިލް އަދި ސުޕަރނެޓް ކަސްޓަމަރުނަނަށް ހާއްސަ މި ޕެކް އެކްޓިވޭޓްކޮށްލެއްވުމުން ފޯނަށް ލިބިވަޑައިގަންނަވާ ކޯޑް އެމް އެސް އެޕްގައި ޖެއްސެވުމުން މޮބައިލް އަދި ސުޕަރނެޓް ވައިފައި މެދުވެރިކޮށް ފޯނު އަދި ޓެބްލެޓް ތަކުގައި މެޗްތައް ފަސޭހަކަމާއެކު ބައްލަވާލެވޭނެއެވެ.

18 ނޮވެމްބަރު 2022އިން ފެށިގެން އުރީދޫ އެޕް http://ore.do/app ނުވަތަ *929# އަށް ޑައެލް ކޮށްލައިގެން ޕެކް އެކްޓިވޭޓް ކޮށްލެވޭނެއެވެ.

ޤަތަރު ރޯމިންގް ޕެކްގެ ނަމުގައި އުރީދޫން ތައާރަފްކުރި ޕެކަކީ ޤަތަރުގެ ޑޭޓާ ޕެކްތަކާ އަޅާ ބަލާއިރުގައިވެސް ކަސްޓަމަރުންނަށް އެންމެ ހެޔޮ އަގުގައި ލިބިވަޑައިގަންނަވާނެ ޑޭޓާ ޕެކެވެ. މިޕެކަކީ ހާއްސަކޮށް ވޯލްޑް ކަޕްގެ ފޯރީގައި ބައިވެރިވަޑައިގަންނަވަން ނުވަތަ ވޯލްޑް ކަޕް ގެ ދުވަސްވަރުގައި ޤަތަރަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޙާއްސަކޮށް ތައާރަފްކުރި ޕެކެކެވެ. ރޯމިންގް ޕެކް އެކްޓިވޭޓް ކޮށްލުމުން އެންމެ 1000ރ 1ޓީބީ ޑޭޓާ އުރީދޫ ޤަތަރުގެ 4ޖީ އަދި 5ޖި ނެޓްވޯކްގައި ބޭނުންކޮށްލެވޭނެއެވެ.

18 ނޮވެމްބަރު 2022އިން ފެށިގެން އުރީދޫ އެޕް http://ore.do/app މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެއެވެ.

ގޯލާރ އެޕް މެދުވެރިކޮށް ސްކޯ ދިމާކޮށްގެން އަގުހުރި އިނާމްތައް ހޯދުމުގެ ފުރުސަތުވެސް އުރީދޫއިން މިވަނީ ހުޅުވާލާފައެވެ. ގޯލާރ ސްކޯ ދިމާކުރާ އެޕް މެދުވެރިކޮށް އުރީދޫ ފުޓްބޯލް ފޮރި ލީގުގައި ބައިވެރިވެ ވޯލްޑް ކަޕްގެ މެޗްތަކުގެ ސްކޯ ދިމާކޮށްގެން ވަރަށް ޙާއްސް އިނާމް ތަކެއް ހޯދުމުގެ ފުރުސަތުވެސްވެސް ވޯލްޑް ކަޕްގެ މެޗްތައް ފެށުމާއެކު ހުޅުވިގެން ދާނެއެވެ. ލީގުގައި މުޅިން ހިލޭ ބައިވެރިވެވޭއިރު ސްކޯ ގެސް ކުރާ ކޮންމެ ފަހަރަކު 1ރ ޗާރޖްކުރެވޭނެއެވެ.

ލީގު ނިމުމުން އެންމެ މަތިން ޕޮއިންޓް ހޯދައިފާއިވާ 7 ފަރަތާކަށް އިނާމު ތަކުގެ ތެރޭގައި ސީ ގިއަރ އަދި ކްރޮސްރޯޑް އިން ވަރަށް ހާއްސް އަގުހުރި އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ.

ގޯލަރ އޕް ޑައުންލޯޑް ކޮށްލުމަށް: http://ore.do/goalr

ރާއްޖޭގެ ހަތަރު ސިޓީއެއް (އައްޑޫސިޓީ، މާލެ ސިޓީ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށީ ސިޓީ) ހިމެނޭހެން އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓް ގައި ވާދަކޮށްގެން 1 ވަނަ އަށް ހޮވޭ ފަރާތަށް ވެސް އަގުހުރި އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ. އެގޮތުން 3 ޑިސެމްބަރު 2022 ގައި ފެށުމަށް ހަމަ ޖެހިފައިވާ މި ޓޯނަމެންޓް ކުރިޔަށް ގެންދާނީ މާލެ ސިޓީ ގައި ހުންނަ ވީއާރް ކެފޭ، ކުޅުދުފުށި ސިޓީ ގައި ހުންނަ ބައި ކަޅު ކެފޭ،  ފުވައްމުލައް ސިޓީ ގެ ފުވައްމުލައް ސްޓޭޑިއަމް އަދި އައްޑޫ ސިޓީ ގައި ހުންނަ އުރީދޫ ޝޮޕްގައެވެ.

މި މުބާރުތަގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫ ނޭޝަން ވެބްސައިޓް އަދި ސޯޝަލް މީޑިއާގައި އިއުލާނު ކުރެވިގެންދާނެއެވެ.

މީޑިއާނެޓް އާއި އަދި ކައުންސިލްތަކާއި އެހެނިހެން ޕަރޓްނަރުންނާއި ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ފޭން ޒޯން ތަކެއް ވަނީ ޤާއިމުކުރެވިފައެވެ.

ފީފާ ވޯލްޑް ކަޕް ގަތަރު 2022 އަކީ އުފާވެރި އަދި ފޯރި ގަދަ ފުޓްބޯޅަ ފެސްޓިވަލަކަށް އުރީދޫ މޯލްޑިވްސް އިން ހުރިހާ ފަރާތްތަކަށް އެދެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި