Search Streamline Icon: https://streamlinehq.com

ހާލުދެރަވި ތުއްތު ކުއްޖަކަށް ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން ނިޔާވެއްޖެ

Img md 202211210909151669046955.5767

ޗައިނާގެ ހަނާން ޕްރޮވިސްގެ ޒެންގްޒޯގައި އެންމެ 4 މަހުގެ ތުއްތު ކުއްޖަކު ހާލުދެރަވުމުން ފަރުވާ ދިނުން ލަސްވުމުން އެކުއްޖާ ނިޔާވެއްޖެއެވެ.

ނިޔާވި ކުއްޖާގެ ބައްޕަ އާއި ހަވާލާދީ މީޑީޔާ ރިޕޯޓްތައް ބުނާގޮތުން އޭނާގެ 4 މަހުގެ އަންހެން ދަރިފުޅު ހުން އައިސް ބޭރަށް ހިންގާތީ ސިއްހީ ފަރުވާ ހޯދުމަށް އޮފިޝަލުން ގާތުގައި އާދޭސް ކުރުމުމުން ވެސް ފުރުސަތު ނުދީ ލަސްކުރި ކަމަށެވެ. އަދި އެ ޕޮރޮވިންސަކީ ވެސް ކޮމިޑް ފެނި ލޮކްޑައުން ކޮށްފައި އޮތް ޕްރޮވިންސެއް ކަމުން އޮފިޝަލުން ފުރުސަތު ދޭން ބޭނުން ނުވި ކަމަށާއި، ފަރުވާ ލަސްވުމުގެ ނަތީޖާ އަކީ ދަރިފުޅު މަރުވުން ކަމަށް އޭނާ ބުނެފައި ވެއެވެ.

މިމައްސަލައިގެ އިތުރުން ބައިބޯ ގްއާންގްޒޯ އާއި ޝެންގެން އަދި އެހެން ބައެއް ސިޓީތައް ލޮކްޑައުން ކޮށްފައި އޮތުމުން ރައްޔިތުން ރުޅިގަދަވެ މަގުތަކަށް ނުކުމެ ޗައިނާގެ މަސްރަހު ވަނީ ހޫނުކޮށްފައެވެ. އަދި ފުލުހުންނާ ކުރިމަތިލައި، މަގުތަކުގައި ޖަހާފައި ހުރި ބެރިކޭޑްތައް ވެސް ވަނީ ވައްޓާލައި، ބޮޑު ހިނގާލުމެއް ފަށާފައެވެ.

ޗައިނާގެ އާންމު ހާލަތަށް ބަލާލާއިރު މިފަދަ އަނަލުތައް ހިންގާ މީހުންނާއި ދެކޮޅަށް ޗައިނާ ސަރުކާރުން ހަރުކަށި ފިޔަވަޅުތައް އަޅައެވެ. އެގޮތުން މީހުން ގެއްލުވާ ލުމާއި، މީހުންގެ ވިޔަފާރިތައް ފްރީޒްކޮށް ޝަރީއަތް ހިންގާ ޖަލަށްލުން ފަދަ ކަންތައްތައް ހިމެނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *