Search Streamline Icon: https://streamlinehq.com

ޖަޕާނުން ޖަރުމަން ހިތްދަތި ގޮތަކަށް ބަލިކޮށްފި

GERManu

ފުޓްބޯޅައިގައި ދުނިޔޭގެ ގަދަބާރެއްކަމަށްވާ ޖަރުމަން ހިތްދަތި ގޮތަކަށް ބަލިވެއްޖެއެވެ.

މިހާރު ޤަތަރުގައި ކުރިޔަށްދާ ވާލްޑްކަޕްގައި މިއަދު ޖަޕާން އާއި ޖަރުމަން ބައްދަލުކުރި މެޗު ޖަޕާން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗަށް ބަލާއިރު ޖަޕާނުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް މެޗުގައި ފުރަތަމަ ލީޑު ނެގީ ޖަރުމަނެވެ. މެޗުގެ 33 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޖަރުމަނަށް ލީޑް ނަގައިދިނީ އިލްކާއީ ގުންޑޮގާން އެވެ. މިއީ ޖަޕާނުގެ ގޯލްކީޕަރު ޝިއޫޗީ ގޮންޑާ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

ދެވަނަ ހާފްގައި ޖަރުމަނުން ކުޅުން ރަގަޅު ކޮށް ގިނަ ހަމަލާތަކެއް ޖަޕާންގެ ގޯލަށް އަމާޒުކުރިއެވެ. ނަމަވެސް އެއްވެސް ގޯލެއް ކާމިޔާބު ނުވެ އުޅެނިކޮށް ޖަޕާނުން ޖަރުމަން ގޯލަށް ޕްރެޝަރ ކުރަން ފެށއިެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 75 ވަނަ މިނެޓުގައި ޖަޕާނުން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ކީޕަރު ނޯޔާ އަތުގައި ޖެހިފައި ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ބެންޗުން ކުޅެން އެރި ރިޓްސޯ ޑޯން އެވެ.

ޖަޕާނުން ލީޑްނެގީ 83 ވަނަ މިނެޓުގައި ޓަކޫމާ އަސާނޯ ކާމިޔާބުކޮށްދިން ގޯލުންނެވެ.

މި މެޗުން ޖަރުމަން ބަލިވުމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިއުން ޖަރުމަނީއަށް އަމާޒުވިއެވެ. ސަބަބަކީ ޤަތަރުގައި މުބާރާތް ބާއްވަން އެންމެ ބޮޑަށް ދެކޮޅުހެދި އެއް ޤައުމަކީ ޖަރުމަނެވެ. އެގޮތުން މުބާރާތް ކުޅޭ ޤައުމުގެ ރޫލްސްތަކަށް ފާޑުކިޔާ، ހިޔާޅުފާޅުކުރުމުގެ މިނިވަންކަން ނެތްކަމަށް ބުނަމުންދިޔައެވެ. އަދި ފާޅުގައި އެއްޖިންސުން ގުޅުން ހިންގުމަށް ފުރުސަތު ނުދޭނަމަ މުބާރާތް ބޮއެކަޓް ކުރުމަށްވެސް އެ ޤައުމުގެ ބައެއް ކުޅުންތެރިން ވަނީ ގޮވާލާފައެވެ. އަދި މުބާރާތުގައި ރެއިންބޯ ރަމްޒު ބޭނުން ނުކުރެވުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާކަމަށް ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި