ފީފާ ވޯލްޑްކަޕްގައި ގާނާ އާއި ޕޯޗްގަލް ބައްދަލުކުރި މެޗު ހަނި ގޮތަކަށް ޕޯޗްގަލް ކާމިޔާބުކޮށްފިއެވެ.
މިރޭގެ މެޗު ޕޯޗްގަލް ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
މެޗްގެ ފުރަތަމަ ހާފްގައި ދެޓީމްގެ ފަރާތުން ހަމަ ހަމަ ކުޅުމެއް ފެނުނު ނަމަވެސް ގޯލްޖަހަން ލިބުނު ފުރުސަތުތައް ދެޓީމަށްވެސް އެންމެ އެދެވޭގޮތުގައި ބޭނުން ހިފިފައެއްނުވެއެވެ.
ދެވަނަ ހާފް ފަށައިގެން ގާނާ އެތީމުގެ ކުޅުން ރަގަޅުކުރިއެވެ. އެގޮތުން ގޯލްޖަހާނެ ގިނަ ފުރުސަތުތަކެއް އައީ ތަނަވަސް ކުރަމުންނެވެ. އެގޮތުން އޭރިޔާގެ ބޭރުން ގާނާގެ މުހައްމަދު ކުޑޫސް ފޮނުވާލިބޯޅަ ޕޯޗުގަލްގެ ގޯލުގެ ތިރީ ކަނަށް އަމާޒުނުވެ ދިޔައީ ހަމަކިރިޔާއެެވެ.
މެޗްގެ ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ ޕޯޗްގަލް އިންނެވެ. މި ގޯލް 64 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ކެޕްޓަން ކުރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ގާނާ ގެ ކުޅުންތެރިން ކުރި ފައުލަކާއިގުޅިގެން ރެފްރީ ދިން ޕެނެލްޓީއެކެވެ. މި ގޯލާއިއެކު ރޮނާލްޑޯ ވެފައިވަނީ ފަސް ވޯލްޑް ކަޕެއްގައި ގޯލްޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ފަހު ހާފަގައި މޮޅު ކުޅުމެއް ދަށްކަމުންދިޔަ ގާނާއިން 73 ވަނަ މިނެޓްގައި ގޯލެއް ޖަހާ މެޗުގެ ނަތީޖާ 1-1 ށް ބަދަލުކޮށްލި ނަމަވެސް މާ ގިނައިރުތަކެއްނުވެ ޕޯޗުގަލް އިން ގޯލެއްޖަހާ އަނެއްކާވެސް ލީޑް ނެގިއެވެ.
މެޗުގެ 80 ވަނަ މިނެޓްގައި އަނެއްކާވެސް ގޯލެއް ޖަހާ ޕޯޗުގަލް އިންވަނީ ލީޑް ފުޅާކޮށްފައެވެ. މި ގޯލް ކާމިޔާބުކޮށްދިނީ ރަފެލް ލިއާއޯ އެވެ. ނަމަވެސް އޭގެ 8 މިނެޓް ފަހުން ގާނާ އިން ގޯލެއް ޖަހާ ފަރަގު ކުޑަކުރިއެވެ. މި ގޯލް ކާމިޔާބުކޮށްދިނީ އޮސްމާން ބުކަރި އެވެ. މި ގޯލްގެ ފަހުންވެސް ގާނާ އިން އައީ ޕޯޗުގަލުގެ ޑިފެންސަށް ޕްރެޝަރ ކޮށް ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗް ގެ އިތުރުވަގުތުގައި މެޗް އެއްވަރުކޮށްލުމަސް ރަގަޅު ދެ ފުރުސަތެއް ގާނާ އަށް ލިބުނު ނަމަވެސް ކާމިޔާބު ވާގޮތްނުވިއެވެ. މެޗްގެ އެންމެ ފަހު ސިކުންތުކޮޅުގައި ޕޯޗުގަލްގެ ގޯލްއޭރިއާ ތެރެއިން ގާނާގެ ކުޅުންތެރިންނަށް ލިބުނު ހުސްފުރުސަތު ފާހަގަކޮސްލެވެއެވެ. ގޯލްކީޕަރ ކައިރިން ނަށްޓާ ގޯލަށް މަޑުމަޑުން ފޮނުވާލި ބޯޅަ ޕާޗުގަލްގެ ޑިފެންޑަރުންވަނީ ދިފާއުކޮށްފައެވެ.
ޕޯޗުގަލް އަށް ލިބުނު މި މޮޅާއިއެކު އެ ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ އެ ޓީމެވެ.









