Search Streamline Icon: https://streamlinehq.com

ޓްރާންސްޕޯޓް މިނިސްޓަރަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް މައްސަލަ ބަލަނީ

250071 3 bdc935cd24897bee124e175884ac69a40faabf29 medium

ޓްރާންސްޕޯޓް މިނިސްޓަރު ޢައިޝަތު ނަހުލާއަށް ކޮރަޕްޝަނުގެ ތުހުމަތެއް ކުރެވޭތީ އެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އާންމު ފަރާތަކުން އެންޓިކޮރަޕްޝަނަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، ޤަވާއިދާ ޚިލާފަށް ގިނަ އުޅަނދުތަކެއް ރަޖިސްޓްރީކޮށްދީ އެކަމުން މާލީ ތަނަވަސްކަން ޓްރާންްސްޕޯޓް މިނިސްޓަރ ހޯދަމުންދާ ކަމަށެވެ. އަދި މިމައްސަލައިގައި އައިޝަތު ނަހުލާގެ އިތުރުން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު ވެސް ޝާމިލުވާ ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން ނަހުލާއަށް ތުހުމަތު ކުރެވުނު ކޮރަޕްޝަނުގެ މައްސަލަ އޭސީސީއަށް ހުށަހެޅި ފަރާތުން ވަނީ 57 އުޅަނދެއް ރަޖިސްޓްރީ ކޮށްދިނުމުގައި ޤަވާއިދާ ހިލާފުވެފައިއޮތް ގޮތް ތަފްސީލުކޮށްދޭ ރިޕޯޓެއްވެސް ހިމަނާފައެވެ.

އުޅަނދުތައް ރަޖިސްޓްރީކޮށްފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ޤަވާއިދު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެންކަމަށާއި، އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު މިނިސްޓަރަށް އެޑްރެސްކޮށް ހުށަހަޅާ ސިޓީ ޓްރާންސްޕޯޓް މިނިސްޓްރީގައި އެންޓްރީ ހެދުމަކާއި ނުލައި އަދި ޖަވާބު ދިނުމާ ނުލައި އުޅަނދުތައް ސިއްރިއްޔާތުގައި ރަޖިސްޓްރީކޮށްދިނުމުގެ ޚިދުމަތް އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ފުރިހަމަކޮށްދޭ ކަމަށްވެސް މިމައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ނަހުލާ ހުއްދަ ދެއްވައިގެންކަން އެންގުމުގެ ގޮތުން ކޮންމެ ޚިދުމަތަކާއެކު ހުށަހަޅާ ފޯމުގެ އަރިމަތީގައި މިނިސްޓަރު އައިޝަތު ނަހުލާ ސޮއިކުރައްވައި، ހުއްދަ ދެއްވި ކަަމަށްވެސް ލިޔުއްވާފައިވާކަން މައްސަލައިގައިވެއެވެ.

މިމައްސަލައިގައި ބުނާގޮތުން މި އުޅަނދުތައް ރާއްޖެ އެތެރެކޮށްފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެއްގަމު އުޅަނދުގެ ވިޔަފާރި ކުރަމުންދާ ކުންފުންޏަކުން ދުރާލައި ރާވައިގެން ރަޖިސްޓްރީ ކުރެވޭނެކަމުގެ ޔަޤީންކަމާއެކުގައެވެ. އެހެންކަމުން މިނިސްޓަރަށް ހުށަހަޅާ ސިޓީތަކުގައި އެ ކުންފުނީގެ ތައްގަނޑު ޖަހާފައިވާކަން މައްސަލަ ހުށަހެޅި ފަރާތުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *