Search Streamline Icon: https://streamlinehq.com

ސަމަރުބްލޫ އިބްރާހިމް މަނިކު އަވަހާރަވެއްޖެ

Samarey

ރާއްޖޭގެ މީޑިއާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަދި ދާދިފަހުން ބްރޯޑު ކާސްޓިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ލިބިވަޑައިނެވި ކުރީގެ އިންފޮމޭޝަން މިނިސްޓަރ ސަމަރުބްލޫ އިބްރާހިމް މަނިކު އަވަހާރަވެއްޖެއެވެ.

އެމަނިކުފާން އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު ތިން ދަރިން ދުނިޔޭގައި ތިއްބެވެ. އެޑިއުކޭޝަން މިނިސްޓްރީގައި ހުންނެވުމަށްފަހު 1974 ގައި ދިވެހިރާއްޖޭގެ އަޑާއި ގުޅިވަޑައިގަތެވެ. އެއީ އެތަނުގެ ވަގުތީ ވަޒީފާއަކަށެވެ. މީޑިއާގެ ދާއިރާއިން އޭރު އެއްވެސް ތަޖުރިބާއެއް ލިބިވަދާއިގެންގެން ނެތުމާއިއެކުވެސް އެ ދާއިރާއަށް ޝައުގުވެރިކަން އުފެދި ކުރުކޯސްތައް ހައްދަވާ އެދާއިރާއިން އުގެނިވަޑައިނެވިއެވެ.

އަޑުގެ ދާއިމީ ވަޒީފާއަށް ބަދަލުވީ 1976 ވަނަ އަހަރުއެވެ. ދާއިރާއަށް ހުރި ޝައުގުވެރިކަމެއްގެ ސަބަބުން އަގު ނުކުރެވޭފަދަ ގިނަ ގުނަ ހިދުމަތްތަކެއް ދިވެހިރާއްޖޭގެ އަޑަށް ކުރެއްވިއެވެ. އެގޮތުން އަމިއްލަ ހަރަދުގައި އާބާތުރަފިލުވާ، ހިދުމަތްތައް ފުޅާކުރުމަށް ކުރެވެންހުރި މަސައްކަތްތައް އޭރު އިބްރާހިމް މަނިކުވަނީ ކުރައްވާފައެވެ. މި ހިދުމަތްތަކާއި އެކު އާދގެ ވެރިޔާގެ މަގާމް ވެސް ލިބިވަޑައިނެވިއެވެ. އަދި 1980ގައި ޓީވީއެމްގެ ވެރިޔާގެ މަގާމުވެސް ލިބިވަޑައިނެވިއެވެ.

މެދުކެނޑުމެއްނެތި 32 އަހަރު އިބްރާހިމް މަނިކުވަނީ މީޑިއާ އަށް ހިދުމަތްތަކެއް ކުރައްވަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *