މިހާރު ކުރިޔަށްދާ ވޯލްޑް ކަޕް ގެ ދެވަނަ ބުރުގެ ފުރަތަމަ މެޗް ފަސޭހަކަމާއިއެކު އެމެރިކާގެ މައްޗަށް ނެދަލޭންޑްސް ކުރިހޯދާ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މެޗް ނެދަލޭންޑްސް ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.
މި ކަމިޔާބަކީ ނެދެލެންޑްސް އަށް ތާރީޚީ ކާމިޔާބެއް ކަމަށްވާނެއެވެ. ސަބަބަކީ 2014 ވަނަ އަހަރުގެ ތިންވަނަ އެޓީމަށް ލިބުނު ނަމަވެސް 2018 ވަނަ އަހަރުގެ ވޯލްޑްކަޕަށް އެޓީމް ކޮލިފައިވެފައިނުވުމެވެ. އަދި މިއީ ތާރީޙް އިއާދަކޮށްލުމަށް އެޓީމަށް ލިބޭ ރަނުގެ ފުރުަސަތެކެވެ.
މިރޭގެ މެޗު ގައި މޮޅު ރީތި ކުޅުމެއް ފެނުނު ނެދެލޭންޑްސް އިން ލީޑް ނެގީ މެޗުގެ 10 ވަނަ މިނެޓްގައެވެ. މުޅި ހާފް ގައިވެސް ބޯޅަ ކޮންޓްރޯލްކޮށް ގިނަ ވަގުތު ކުޅެމުން ދިޔައީވެސް ނެދަލޭންޑްސް އިންނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ދެވަނަ ގޯލެއް ޖަހާ ލީޑް ފުޅާކުރިއެވެ.
ދެވަނަ ހާފް ފަށައިގެން އެމެރިކާއިން ކުޅުން ރަގަޅު ކުރިއެވެ. ދޭތެރެ ދޭތެރެއިން ނުރައްކާތެރި ހަމަލާތަކެއް ނެދެލޭންޑްސް ގެ ގޯލަށް ފޮނުވާލިނަމަވެސް ނެދަލޭންޑްސްގެ ކީޕަރ ވަނީ ދިފާއުކޮށްފައެވެ. ނަމަވެސް މެޗްގެ 76 ވަނަ މިނެޓްގައި ގޯލެއް ޖަހާ އެމެރިކާއިން ގޯލުގެ ފަރަގު ކުޑަކުރިއެވެ. މި ގޯލާއިއެކު މެޗްގެ އޮއެވަރު ބަދަލުވިތަން ފެނުނެވެ. އެމެރިކާއިން ނެދެލޭންޑްސް ޑިފެންސް ލައިން ޕެރެޝަރަސް ވައްޓާލިއެވެ. މެޗްގެ އޮއެވަރު ނެދަލޭންޑްސް ކޮޅަށް އެބުރުނީ 80 ވަނަ މިނެޓްގައި އެޓީމުން ގޯލެއްޖަހާ ލީޑް ފުޅާކުރި ހިސާބުންނެވެ. މެޗުގައި އިތުރު ގޯލެއް ކާމިޔާބު ނުވިނަމަވެސް އެމެރިކާއިން ފަހުވަގުތުގައިވެސް ރަގަޅު ކުޅުމެއްވަނީ ދައްކާފައެވެ.
މިފަހަރުގެ މުބާރާތުގެ ރައުންޑް އޮފް 16 އަށް ނެދަލެންޑްސް ކޮލިފައިވީ، ގްރޫޕް ސްޓޭޖުގައި ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ ގުރޫޕުން ދެވަނައަސް ދިޔައީ ސެނެގާލްއެވެ. މި ގުރޫޕުގެ އެއްވަނަ ނެދަލެންޑްސް އިން ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗު އެއްވަރު ކޮށްލައިގެން ހޯދި ހަތް ޕޮއިންޓާއެކުއެވެ.














