ދިވެހިރާއްޖޭގެ ލޭނާރު ކަމުގައިވާ މަސްވެރިންނަށްޓަކައި ކޮންމެ އަހަރަކު ރާއްޖޭގައި ފާހަގަކުރާ މަސްވެރީންގެ ދުވަސް މިއަހަރު ފާހަގަކުރުމަސް ހަމަޖެހިފައިވަނީ ގދ. ފަރެސްމާތޮޑާގަ އެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ގދ. ފަރެސްމާތޮޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަރުމަސްވެރިކަން ކުރުމުގެ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރު ކޮށްދެއްވާފަ އެވެ.
ފަރެސްމާތޮޑާ ކައުންސިލުން ހާމަކުރެއްވި ގޮތުގައި މަސްވެރިންގެ ދުވަހު އެރަށުގައިބާއްވާ މަސްވެރިކަމުގެ މި މުބާރާތުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމުގެ ހުށަހެޅުމުގެ މުއްދަތު ފަރެސްމާތޮޑާ ކައުންސިލުން މިވަނީ ޑިސެމްބަރ 6 ވަނަ ދުވަހުގެ މެންދުރުފަހު 14:00އާއި ހަމައަށް އިތުރު ކޮށްދެއްވާފަ އެވެ.
ފަރެސްމާތޮޑާ ކައުންސިލުން ހާމަކުރެއްވިގޮތުގައި މި މުބާރާތުން އެއްވަނަ ހޯދާ ފަރާތަކަށް 7000ރުފިޔާގެ ފައިސާ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު މުބާރާތުން ދެވަނަ ހޯދާ ފަރާޓަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމު ލިބިލައްވާނެއެވެ. އަދި މުބާރާތުގެ ތިންވަނަ ހޯދާ ފަރާތަކަށްވެސް ފައިސާ ޢިނާމުގެ ގޮތުގައި 2000 ރުފިޔާގެ ފައިސާ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފަރެސްމާތޮޑާ ކައުންސިލުން މައުލޫމާތު ދެއްވައެވެ. މީގެ އިތުރުން އެންމެ ބަރުމަހެއް ބާނާ ފަރާތަކަށް 500 ރުފިޔާގެ ފައިސާގެ އިނާމު ދެއްވާނެ ކަމަށްވެސް އެ ކައުންސިލުން ހާމަކުރައްވައެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހަށްޓަކައި ފަރެސްމާތޮޑާ އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން ފަރެސްމާތޮޑާގެ މަސްވެރިންނާއި، އިސްރައްވެހިންނާއި، އަންހެނުންނާއި، ޒުވާނުންގެ އިތުރުން ރަށުގެ އެކިއެކި މުއައްސަސާތަކާއި، ރައްޔިތުން އަންނަނީ ރަށު ކައުްނސިލާއި ގުޅިގެން ރަށުގެ އާބާތުރަ ފިލުވައި ރަށުތެރެ ޒީނަތްތެރިކުމުގެ މަސައްތް ކުރަމުންނެވެ.
ފަރެސްމާތޮޑާ ކައުންސިލުން ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތަކުން ޑިސެމްބަރ މާދަމާ މެންދުރުފަހު 2:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމް ފަރެސްމާތޮޑާ ކައުސިލް އިދާރާއަށް ހުށަހެޅުމަށް އެ ކައުންސިލުން ކުރައްވާފައިވާ އިއުލާނެއްގައި ބުނެފައިވެ އެވެ.









