ވޯލްޑްކަޕް ރައުންޑް އޮފް 16 ގައި މިރޭ ޕެނެލެޓީ އިން ޖަޕާން ގެ މައްޗަށް ކުރި ހޯދާ ކޮރެއޭޝިއާ މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.
ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއްފެނިގެންދިޔަ މި މެޗް ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެންނެވެ.
ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ ޖަޕާން އިން ނެވެ. ފުރަތަމަ ހާފްގެ ފުރިހަމަ ވަގުތު ހަމަވާން ކައިރިވެފައި ވަނިކޮށް ޖަޕާނަށް ލީޑް ނަގައިދިނީ ޑައިޒެން މައިޑާ އެވެ. މި ނަތީޖާގައި އޮވެގެން ޖަޕާނުން ފުރަތަމަ ހާފް ނިންމާލިއިރު ގިނަ ފުރުސަތުތަކެއް ޖަޕާނަށް ލިބި ރަގަޅު ގޮތުގައި ބޭނުންކުރެވިފައެއް ނުވެއެވެ.
ދެވަނަ ހާފް ފަށައިގެން 10 ވަނަ މިނެޓްގައި ކޮރެއޭޝިއާއިން ގޯލެއް ޖަހާ ނަތީޖާ 1-1 އަށް ބަދަލުކޮށްލިއެވެ. މިގޯލް ކާމިޔާބު ކޮށްދިނީ އިވާން ޕެރިސިޗްއެވެ.
މިނަތީޖާގައި އޮވެގެން މެޗް ނިމުމުން އިތުރުވަގުތުގެ 15 މިނެޓްގެ ދެހާފްވެސް ކުޅެ އެއްވަރުވުމުން ޕެނެލްޓީ ޖަހަންޖެހުނީއެވެ. މިއީ މި އަހަރުގެ ވޯލްޑްކަޕްގައި ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ ނުނެރެވުނު ފުރަތަމަ މެޗެވެ. އަދި ޕެނެލެޓީ ޝޫޓް އައުޓަކަށް ދާންޖެހުނުވެސް ފުރަތަމަ މެޗެވެ.
ޕެނެލްޓީ ގައި ޖަޕާނުން ޖެހި 4 ޕެނެލެޓީ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ގޯލެކެވެ. ތިން ޕެނެލްޓީ ވަނީ ކޮރެއޭޝިއާގެ ކީޕަރ ދިފާއުކޮށްފައެވެ. އެއާއި ހިލާފަށް ކޮރެއޭޝިއާ އެންމެ ޕެނެލްޓީ އެއް ފިޔަވާ ހުރިހާ ޕެނެލްޓީއެއް ވަނީ ކާމިޔާބުކޮށްފައެވެ.
މި މެޗުން ކޮރެއޭޝިއާ މޮޅުވިއިރު އެޓީމަކީ 2018 ވަނަ އަހަރުގެ ރަނަރަޕްވެސް މެއެވެ.













