Search Streamline Icon: https://streamlinehq.com

ކޮރެއާ ފަސޭހަކަމާއިއެކު ބަލިކޮށް، ފުޓްބޯޅައިގެ ގަދަ ބާރު ބުރެޒިލް ކުއާޓާއަށް

Brazil

ވޯލްޑްކަޕް ރައުންޑް އޮފް 16 ގައި ބުރެޒިލް، ކޮރެއާ ބައްދަލުކުރި މެޗް ފެސޭހަކަމާއިއެކު ބުރެޒިލް ކާމިޔާބުކޮށްވިއެވެ.

ވޯލްޑް ކަޕް އެންމެ ގިނަފަހަރު ކާމިއާބުކުރި ބުރެޒިލް ކޮރެއާގެ މައްޗަށް ކުރި ހޯދީ 1-4 ގެ ނަތީޖާއަކުންނެވެ.

މުޅިމެޗް ކޮންޓްރޯލްކޮށްގެން ކުޅުނު ބުރެޒިލް މެޗްގެ ވަރަށް ކުރީ ކޮޅުވަނީ ގޯލެއްޖަހާ ލީޑް ނަގާފައެވެ. މިއީ މެޗުގެ ހަތްވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ކާމިޔާބުކޮށްދިން ގޯލްއެކެވެ. ބުރެޒިލްގެ މި ގޯލަށް މާ ގިނައިރުތަކެއް ނުވެ އިތުރު ގޯލެއް ޖަހާ ލީޑް އެޓީމުން ފުޅާކުރިއެވެ. އެއީ އެޓިމުގެ ރިޗާލިސަންއަށް ކޮރެއާގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލްއެކެވެ. މި ގޯލް ކާމިޔަބުކޮށްދިނީ އަނިޔާއިން އެނބުރި އައި އެޓީމުގެ އިތުބާރު ފޯވާޑް ނޭމާއެވެ. މިއީ އޭނާ ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން 76 ގޯލެވެ.

މިމެޗްގެ ތިންވަނަ ގޯލް ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފްގައެވެ. އެއީ ބުރެޒިލްގެ ރިޗާލިސަން ގެ މޮޅު ހުނަރު ފެނިގެންދިޔަ ގޯލެކެވެ. އޭނާ ތިއާގޯ ސިލްވާއަށް ޖައްސާލި ބޯޅައެއް، އޭރިއާ ތެެރެއަށް މުޅިން ހުސްކޮށްލާފައި ތިއާގޯ ޖައްސާލުމުން، އޭނާ ގޯލަށް ޖެހި ބޯޅައެކެވެ.

ބުރެޒިލްގެ 4ވަނަ ގޯލް 36 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލޫކަސް ޕެކޭޓާ އެވެ. މިއީ ވިނީޝަސް ޖޫނިއާ ވަރަށް ބަލާލާފަ ދިން ޕާހަކުން ޖެހި ގޯލެކެވެ.

ދެވަނަ ހާފްފެށީ ކޮރެއާއިން ކުޅުން ވަރަށްބޮޑަށް ރަގަޅުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިެއެވެ. ގޯލް ޖަހާނެ މަސައްކަތް ކާމިޔާބުވީ މެޗްގެ 67 ވަނަ މިނެޓްގައެވެ. އެއީ އެޓީމަސް ލިބުނު ހިލޭ ޖެހުމަކުން ތަނަވަސްކުރި ބޯޅައަކުން ޖެހި ގޯލެކެވެ.

މި ނަތީޖާ އާއި މެޗް ނިމުމުން ބުރެޒިލް ކުއާޓާ ގައި ކުޅެން ޖެހޭނީ ކޮރެއޭޝިއާއި ދެކުޅަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި