Search Streamline Icon: https://streamlinehq.com

ބުރެޒިލް މުބާރާތުން ކެޓުމުން ސަޕޯޓަރުންގެ ދެވަނަ ޗޮއިސް އަކަށް މޮރޮކޯ

Morocco and Brazil flags together realtions textile cloth fabric texture

ފީފާ ވޯލްޑްކަޕް 2022 ގެ ކުއާޓާ ފައިނަލުން ބުރެޒިލް ހިތްދަތިގޮތަކަށް ބަލިިވެ މުބާރާތާއި ވަކިވާން ޖެހުމުން، ދިވެހި ސަޕޯޓަރުންގެ ދެވަނަ ޗޮއިސް އަކަށް މޮރޮކޯ ވެއްޖެއެވެ.

ހަމަ ހަމަ ކުޅުމެއް ފެނިގެންދިޔަ ކުއާޓާ ފައިނަލް ރޭ ކޮރޮއޭޝިއާ ބުރެޒިލް މެޗުން ފުރިހަމަ ވަގުތު ހަމަވި އިރު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވޭގޮތެއް ނުވެއެވެ. އެހެން ކަމުން އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހުނެވެ. ފުރަތަމަ ގޯލެއް ޖަހާ ސެމީގެ އުންމީދު އާކުރީ ބުރެޒިލުން ނެވެ. ނަމަވެސް އިތުރު ވަގުތުގެ ދެވަނަ ހާފް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ކޮރޮއޭޝިއާ އިން ގޯލެއްޖަހާ ނަތީޖާ 1-1 ށް ހަމަހަމަ ކުރިއެވެ. ދެން މެޗްގެ ނަތީޖާ ނެރެން ޖެހުނީ ޕެނެލްޓީ ޖަހައިގެން ނެވެ. ޕެނެލްޓީ ޝޫޓް އައުޓުން 2-4 ން ކާމިޔާބުކޮށް ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ކޮރޮއޭޝިއާ އިންނެވެ.

މި ނަތީޖާއަކީ ބުރެޒިލަށް ހިތްދަތި ނަތީޖާއެކެވެ. މި ދެޤައުމުުގެ ތާރީޚަށް ބަލާާލާއިރު ބުރެޒިލްގެ ކައިރިން ކޮރޮއޭޝިއާ މޮޅެއް ހޯދިފަ ނުވެއެވެ.

ބުރެޒިލް މުބާރާތުން ކެޓުންވީރާއްޖޭގެ ބުރެޒިލްގެ ސަޕޯޓަރުނަށްވެސް ގަބޫލް ކުރަން ދަތި ނަތީޖާއަކަށެވެ. އެއާއިއެކު މުބާރާތުގައި ދެން ސަޕޯޓް ކުރާނެ ޓީމަކީ މޮރޮކޯ ކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައިވެސް ބުނަންފަށިއެވެ. ސަބަބެއްކަމުގައި ގިނަ ބަޔަކު ބުނަނީ ބުރެޒިލަކީ ވަރަށް ހިތްވަރުކުރާ ޓީމެއްކަމަށެވެ. ދެން މި މުބާރާތުގައި އެންމެ ހިތްވަރު ކުރާ ޓީމަކީ މޮރޮކޯ ކަމަށެވެ.

”މޮރޮކޯ އަކީ ބުރެޒިލް ފަދައިން ވަރަށް ހިތްވަރުކުރާ ޓީމެއް. ދެން އަހަރެމެންގެ ތާރީހާއި އެންމެ ބޮޑަށް ގުޅުން އޮތީވެސް މޮރޮކޯ، އަނެއްކާ އިސްލާމީ ޤައުމެއް މޮރޮކޯ އަކީ“

ބޔބުރެޒިލް އަށް ސަޕޯޓް ކުރާ ދިވެހި ސަޕޯޓަރެއް

މޮރޮކޯއަށް ސަޕޯޓް ކުރުމަށް ނިންމީ ބުރެޒިލްގެ ސަޕޯޓަރުން އެކަންޔެއްވެސް ނޫންނެވެ. ފުޓްބޯޅައިގެ ގަދަ ބާރުތަށް ކަމަށްވާ ޖަރުމަން،ސްޕެއިން، ބެލްޖިއަމް، ގެ ސަޕޯޓަރުންވެސް ޓީމު ކެޓުމުން ދެވަނަ ޗޮއިސް އަކަށް ވީ މޮރޮކޯއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި