ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުން މިރޭ ޤަތަރަށް ފުރާވަޑައިނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން ބުނީ މިދަތުރުފުޅުގައި މިހާރު ޤަތަރުގައި ކުރިޔަށްދާ ފީފާ ވޯލްޑްކަޕްގެ މެޗްތައް ބައްލަވާލައްވާނެކަމަށެވެ. އަދި އެނބުރު ވަޑައިންވާނީ ބުރާސްފަތި ދުވަހުކަމަށެވެ.
މި ދަތުރުފުޅާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ކުރިން ބުނެފައިވަނީ ފީފާ ވޯލްޑް ކަޕްގެ މެޗްތައް ބައްލަވާލައްވަން ޤަތަރަށް ވަޑައިނަވާނެކަމަށެވެ.









