Search Streamline Icon: https://streamlinehq.com

މަރު ވިއްކައިގެން ދެން ވެރިކަމަކަށް ނާދެވޭނެ: ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު

PPM PNC Sujaau fenvaru

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަށް މަރު ވިއްކައިގެން ދެން ވެރިކަމަކަށް ނާދެވޭނެކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ނައިބުރައީސް ޝުޖާއު މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ބައެއް މީހުންނާއި ރައީސް ޔާމީން ސަލާމް ކުރައްވަނިކޮށް ފެންނަ ފޮޓޯއަކާއި، އެ މައްސަލައިގައި ހިމެނޭ ބައެއް ފަރާތްތަކާއި އެކު ރައީސް ޢަބްދުﷲ ޔާމީން ހުންނަވާ ފޮޓޯއަކާ ގުޅިގެން ރާއްޖެ އެމްވީގައި ލިޔެފައިވާ ޚަބަރެއް ރީޓްވީޓް ކުރައްވަމުންނެވެ.

ޓްވީޓް ކުރައްވަމުން ސުޖާއު ވިދާޅުވެފައިވަނީ އެ ފޮޓޯއަކީ ހެންވޭރުގައި ހެދި ޓާރފް ދަނޑެއް ހުޅުވުމަށް ރައީސުލް ޖުމްހޫރިއްޔާ ވަޑައިގެންނެވި ރަސްމިއްޔާތެއް ކަމުގަ އެވެ. އަދި ހެންވޭރު ޓާރފް ހުޅުވާއިރު ހެންވޭރު ޒުވާނުންނާއި ކުލަބް ތަކުގެ ވެރިން ތިބޭނެ ކަމަށާއި، ރައީސުލް ޖުމްހޫރިއްޔާ ވަޑައިގަންނަވާނީ އެތާންގައި ތިބޭ އެންމެންގެ މައުލޫމާތު ހޯދައިގެނެއްނޫން ކަމަށްވެސް ސުޖާއު ވިދާޅުވި އެވެ.

ސުޖާއު ވިދާޅުވީ މި ޚަބަރު ލިޔުނު ފަރާތާއި ޚަބަރު ލިޔުމަށް އަމުރު ކުރި ފަރާތް ކިތައްމެ ހަޖަމު ނުވިޔަސް ރައީސް ޞާލިޙަށް މަރު ވިއްކައިގެން ދެން ވެރިކަމަކަށް ނާދެވޭނެ ކަމުގަ އެވެ.

މާލޭގެ ހުރިހާ ކްލަބު ޖަމިއްޔާ ތަކަށް މިސަރުކާރުންވެސް ސްޕޮންސަރޝިޕް ދެއްވާ ކަމަށާއި، އެއީ އެންމެންނަށްވެސް އެނގޭކަމެއް ކަމުގައިވެސް ސުޖާއު ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *