Search Streamline Icon: https://streamlinehq.com

އަނެއްކާވެސް ގުޅީފަޅުން އިތުރު ކަށިތަކެއް ފެނިއްޖެ

Alifaanuge haadhisaa fenvaruonline

ދާދި ފަހުން ކ.ގުޅީފަޅުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން އަނެއްކައިވެސް އިންސާނެއްގެ ކަށިތަކެއް ފެނިއްޖެއެވެ.

ގުޅިފަޅު އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ގެއްލުނު މީހާ ހޯދުމަށް ކުރެވުނު މަސައްކަތުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް މިދިޔަ އާދީއްތަ ދުވަހު ވަނީ ފެނިފަ އެވެ.

ފުލުހުން ވިދާޅުވީ އެސަރަހައްދު ސާފުކުރުމުގެ ތެރޭގައި އިންސާނެއްގެ ކަށިތަކެއްކަމަށް ބެލެވޭ ކަށިތަކެއް ރޭގެވަގުތެއްގައިވެސް ފެނިފައިވާކަމުގައެވެ. އަދި އެ ކަށިތަކާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ކުރަންޖެހޭ ތަހްލީލްތައް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަލިފާން ރޯވި ސަރަހައްދުން މީގެ ކުރިންވެސް ކަށިތަކެއް ފެނުނީ އަލިފާނުގެ ހާދިސާ ހިނގި އެކަމަޑޭޝަން އިމާރާތުގައި އުޅުނު މީހުންގެ ތެރެއިން މީހަކު އެ ހާދިސާއަށްފަހު ނުފެންނަކަމަށް ފުލުހުންނަށް ރިޕޯޓް ކުރުމާގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. 

ގުޅީފަޅުގައި ހުންނަ ތިލަމާލެ ބްރިޖް މަސައްކަތްކުރާ އެފްކޮން ކުންފުނީގެ މީހުން ތިބޭ އެކަމަޑޭޝަން ބްލޮކްގައި މިދިއަ ބުރާސްފަތި ދުވަހުގެރޭ ހިނގި މި އަލިފާނުގެ ހާދިސާއާ ގުޅިގެން 78 މީހަކަށް އެކި ވަރުގެ އަނިޔާ ވެގެން ހޮސްޕިޓަލަށް ގެންދިޔަ އިރު އޭގެ ތެރެއިން 32 މީހަކު އެޑްމިޓުކޮށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި ކުދި އަނިޔާތައް ލިބުނު 24 މީހުންގެ ތެރެއިން ހަތަރު މީހަކު އޮޕަރޭޝަންކޮށްފައިވާއިރު، ބާކީ ތިބި މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށްވެސް އެފްކޮންސް އިން މައުލޫމާތުދެއްވަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *