Search Streamline Icon: https://streamlinehq.com

ހަތަރު މީހުންނާއި އެކު ދަތުރުކުރި ދޯންޏެއްގައި އަލިފާންރޯވެ އަޑިއައް ހިނގައްޖެ

Kandumatheege Haadhisaa fenvaruonline

ދަތުރުކުރަމުންދިޔަ ރިސޯޓެއްގެ ސަޕްލާ ކުރާ ދޯންޏެއްގައި އަލިފާން ރޯވެ އަޑިއަށް ހިގައްޖެ އެވެ.

ލ.މާވަށުގެ ދެކުނުން 7 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުންދިޔަ ”ނޫރު-2“ ނަމަކަށްކިޔާ މި ދޯނީގައި އަލިފާން ރޯވެ އަޑިއަށް ގޮސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްްގައެވެ.

މި ދޯނީގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

އެމްއެންޑީއެފް އިން ހާމަކުރެއްވި ގޮތުގައި މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު ހެނދުނު 07:15 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ދިޔައިރު ދޯނި ވަނީ އަޑިއަށް ގޮސްފައިކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވަ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ދޯނިން ދަތުރުކުރި 4 ފަޅުވެރިން (ދިވެއްސަކާއި ތިން ބިދޭސީން) ލ.މާވަށުގެ ދެކުނުން 6 ނޯޓިކަލް މޭލު ބޭރުން ކަނޑުތެރެއިން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އުޅަނދަށް ފެނިގެން އެމީހުން މިހާރު ވަނީ ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދަވާފައި ކަމުގަ އެވެ.

ދޯނި ދަތުރުކުރަމުން ދިޔައީ ރ. އަތޮޅުން ފެށިގެން ރޮބިންސަން އައިލެންޑް ރިސޯޓަށް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދިނެވެ.

Leave a Reply

Your email address will not be published. Required fields are marked *