Search Streamline Icon: https://streamlinehq.com

ފަހުގެ

އާގަލާ ބޯޓުން އޮޔާދާ ތަކެއްޗަށް ސަމާލުވުމަށް ދަތުރުވެރިންނަށް އިލްތިމާސްކޮށްފި

Aagalaa Boat fenvaruonline

އަލިފާނުގެ ހާދިސާއެއްގައި މ.އަތޮޅު ތުވަރުގެ ހުޅަނގުން، އަޑިއަށްދިޔަ “އާގަލާ” ބޯޓުން ފެންމައްޗަށް އެރި ބައެއް ތަކެތި އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރައްވައިފި އެވެ.

އައްޑޫ ސިޓީއަށް ނިސްބަތްވާ އާގަލާ ބޯޓު އަޑީއަށް ދިއުމާއި ގުޅިގެން ފެންމައްޗަށް އެރި ތަކެތި އޮޔާ ދަނީ މ.އަތޮޅުކައިރިން އުތުރަށެވެ. ވީމާ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށާއި، އަދި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އާގަލާ ބޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އިއްޔެ ހެނދުނު 8:20 ހާއިރުވަނީ ބޯޓް އެއްކޮށް އަޑިއަށް ގޮސްފައެވެ. ނަމަވެސް ބޯޓްގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

އާގަލާ ބޯޓުން ދަތުރުކުރި 15 މީހުންގެ ތެރެއިން 14 މީހުން ވަނީ މ.މުއްޔަށް ގެންގޮސްފަ އެވެ. އެ ރަށަށް ގެންދިޔަ މީހުންގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ބޯޓުން ގެއްލުން އިންޑިއާ މީހެއް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި