Search Streamline Icon: https://streamlinehq.com

ރަމަޟާން މަހުގެ ރަސްމީ މަސައްކަތުގެ ގަޑި ކަނޑައަޅުއްވައިފި

Presidents Office

ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ކަނޑައަޅުއްވައިފިއެވެ.

ރައީސްލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައި ބުނެފައިވަނީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމުގަ އެވެ. 

އެހެންކަމުން މިއަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާއި ގުޅިގެން މި ދެންނވި ދުވަސްތަކުގައި ކަނޑާއެޅިފައިވާ ފައްތައިގެން މަސައްކަތްތައް ރޭވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށްވެސް ރައީސް އޮފީހުގެ ދެންނެވުމުގައި ބުނެފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *