Search Streamline Icon: https://streamlinehq.com

ކޮވިޑް-19: އޭދަފުށިން ޕޮޒިޓިވް12′ އެކްޓިވް 57

Covid 19

ބ. އޭދަފުށިން ފާއިތުވި ދެދުވަހުގެ ތެރޭގައި ނެގި ސާމްޕަލް ތަކުން އިތުރު 12 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް  ބ. އަތޮޅު ހޮސްޕިޓަލުން ހާމަކުރައްވައިފި އެވެ.

މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު މިދިޔަ މަހުގެ ކުރީކޮޅު އޭދަފުށީގައި އިތުރުވަމުންދިޔަ ނަމަވެސް މިހަފްތާގެ އާދީއްތަ އަދި ހޯމަ ދުވަހު އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވެފައެއް ނުވެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އަލަށް ފެނުނު 12 ކޭސް އާއެކު މިހާރު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 274 އެވެ. އޭގެ ތެރެއިން 217 މީހަކު ރަނގަޅުވެ، އެކްޓިވް ކޭސްތަކުގެ އަދަދަކީ 57 އެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 4 މީހަކަށް ކަމަށް ވެސް ހޮސްޕިޓަލުން ހާމަކުރައްވަ އެވެ.

ނިމިގެން ދިޔަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން އޭދަފުށިން ރޭންޑަމް ސާމްޕަލްގެ ގޮތުގައި 101 ސާމްޕަލް ނަގާފައިވާއިރު އެއިން އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. ނަމަވެސް މި ބައްޔަށް ޕޮޒިޓިވް ވަނީ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުންނެވެ.

މިދިޔަ މަހުގެ 19ގައި އޭދަފުށިން ކޮވިޑް ފެނުމާ ގުޅިގެން އަދިވެސް އޭދަފުށި އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. ނަމަވެސް މި މަހުގެ 6 އިން ފެށިގެން 12 ގަޑިއިރަށް އިއުލާންކޮށްފައި އޮތް ކާފިއު ވަނީ މިހާރު ހަތް ގަޑިއިރަށް ބަދަލުކޮށްފަ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *