Search Streamline Icon: https://streamlinehq.com

ތުނޑި ރަމަޞާން ކަޕް 2023 މިރޭ ފަށަނީ

Ramadan Cup Fenvaru

ލ.ގަން ތުނޑި ރަމަޞާންކަޕް 2023 ފުޓްސަލް މުބާރާތް މިރޭ ފެށުމަށް ހަމަޖެހިފައިވާކަމަށް މުބާރާތް އިންތިޒާމުކުރައްވާ ފަރާތުން ހާމަކުރައްވައިފި އެވެ. 

ލ.ގަން ތުނޑި ފުޓްސަލް ދަނޑުގައި މިރޭ 9:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 18 ޓީމަކުން ވާދަކުރާނެ އެވެ.

ޖުމްލަ 18 ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ. އެއީ ގްރޫޕް އޭ،ބީ،ޑީ އެވެ. ގުރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާރިޗު 29ން 3ފެށިގެން އޭޕްރީލްމަހުގެ 4ގެ ނިޔަލަށެވެ.

މި މުބާރާތުގައި ފުރަތަމަރޭ ފިޔަވައި ދެން ކޮންމެ ރެއަކު ތިންމެޗް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަބުރުގައި ޖުމްލަ 32 މެޗް ކުމަށް ވަނީ ހަމަޖެހިފަ އެވެ.

ފުޓްސަލްގެ ތާރީޚް އަށް ބަލައިލާއިރު ލ. ގަމަކީ ދާދިފަހުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި އެންމެބޮޑު ފުޓްސަލް މުބާރާތްކަމުގައިވާ ގޯލްޑަން ފުޓްސަލް ޗެޖެންޖުގެ ފަޚުރުވެރި ޗެމްޕިއަނުން ނެވެ. އަދި މި މުބާރާތުގެ ޝަރަފްވެރި ރަންތާޖާއި އެކު ފުޓްސަލްގެ ރަސްގެފާނުގެ މަޤާމް ޚާޞިލްކޮށްފައި ވަނީވެސް ލ. ގަން ޓީމުގެ ހުސައިން ޝަރީފް(އޮންލީ) ކަން ފާހަގަކޮށްލެވެއެވެ.

ލ.ގަމަކީ ވަރަށް ހަލުވިކަމާއިއެކު ފުޓްސަލް ކުރިއަރަމުން އަންނަ އަދި މުޅި ރާއްޖެއަށް ބަލާއިރު އެންމެ ހުނަރުވެރި ކުޅުންތެރިން ތިބި އަދި އެފަދަ ހުނަރުވެރި ކުޅުންތެރިން އުފެދެމުން އަންނަ އެއްރަށް ކަން ފާހަގަކޮށްލެވެ އެވެ.

ނިމިގެންދިޔަ ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ލ.ގަން ހޯދި ފުރިހަމަ ކާމިޔާބީ މި ފުރުޞަތުގައި ކޮންމެހެން ފާހަގަކޮށްލަން ޖެހެއެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ގަމަށް ނިސްބަތްވާ ތިން ކުޅުންތެރިން ހިމެނެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ލ.ގަން ޓީމުގައި ކުޅުނު ގިނަ ކުޅުންތެރިން މިއަހަރު ރަމަޞާން ކަޕް ފުޓްސަލް މުބާރާތުގައި ބައިވެރިވި އެކިއެކި ޓީމުތަކުން ފެނިގެންދާނެކަމަށް މަޢުލޫމާތު ލިބެއެވެ.

”ފެންވަރު އޮންލައިން“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތުގެ ހުރިހާ މެޗެއް ވަގުތުން ދުރަށް ދެއްކުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. 

ލ. ގަން ތުޑި ރަމަޞާން ކަޕް 2023 ފުޓްސަލް މުބާރާތުގައި ބައިވެރިވި ޓީމްތައް

CENTRAL AREA COMMAND (A)

(A) BRAVE GENERATION SC

(A) IDELS

(A) LYM

…………………………………………………………………..

(B) RAS,HINNE SC

(B) FOEMATHI FC

(B) ANDHIRIANS

(B) OUTREEF SC

…………………………………………………………….

RASNNINE FALCO (C)

(C) KANMATHI

(C) FOEMATHI

(C) BEST

(C) MATHIVARU JR

…………………………………………………………………..

(D) RASHIINE DETROITS

(D) SPARK PLUG

(D) SUBARU

(D) DKNZ SC

(D) YRC

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި