Search Streamline Icon: https://streamlinehq.com

މިއީ ހޫނުގަދަ ދުވަސްވަރަކަށް ވާނެތީ ކަރަންޓު އިޤްތިޞާދު ކުރުމަށް ސްޓެލްކޯއިން އެދިއްޖެ

Stelco fenvaruOnline

މި ދުވަސްވަރު ހޫނު ގަދަވާނެތީ ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވާން ސްޓެލްކޯއިން އެދިއްޖެއެވެ.

މި ދުވަސްވަރަކީ އާދަޔާ ޚިލާފަށް ހޫނުގަދަ ދުވަސްވަރަކަށް ވާނެތީވެ، ކަރަންޓު ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެލެއްވުމަށާއި، ކަރަންޓު އިޤްތިސާދުކުރުމަށް ސްޓެލްކޯއިން އިލްތިމާސް ކުކައްވައިފި އެވެ.

ސްޓެލްކޯއިން އާއްމުކުރި ޓުވީޓް މެސެޖްއެއްގައި ބުނެފައިވަނީ، މި ހިނގާ އޭޕްރީލްމަހާއި، މެއިމަހަކީ މިއަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްތައް ކަމުގައި ކަމާބެހޭ އިދާރާތަކުން ލަފާކުރައްވާފައި ވާކަމުގަ އެވެ.

އެހެންކަމުން މި ދުވަސްތައް ރޯދަމަހާއި ދިމާވުމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ވެފައިވާތީއާއި، ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެހެން ދުވަސްވަރާއި ޚިލާފަށް މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައިވެސް ކަރަންޓު އުފައްދަންޖެހޭ މިންވަރު އިތުރުވެފައިވާކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.

ސްޓެލްކޯއިން ހާމަކުރެއްވި ގޮތުގައި ކަރަންޓު ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެލެއްވުމަކީ ސްޓެލްކޯގެ ވަރަށްބޮޑު އެދިލެއްވުމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *