Search Streamline Icon: https://streamlinehq.com

ދިވެހި ރައްޔިތުންގެ ދިފާއުގައި އަބަދުވެސް ދިވެހި ފުލުހުން ތިބޭނެ: ކޮމިޝަނަރ އޮފް ޕޮލިސް

Police commissioner of police hameedHameed Commi

ދިވެހި ރައްޔިތުންގެ ދިފާއުގައި އަބަދުވެސް ދިވެހި ފުލުހުން ވާނެކަމަށާއި، ތަފާތު ގޮންޖެހުންތަކާއެކުވެސް މިޤައުމަކީ އެންމެނަށް ރައްކާތެރި ޤައުމަކަށް ހެދުމަށް ފުލުހުން ގެންދަނީ ރެއާއި ދުވާލު އެތައް މަސައްކަތެއް ކުރަމުންކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިހެން ވިދާޅުވީ ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ އާންމު ދިރިއުޅުމާއި އެންމެ ބޮޑަށް ގުޅިފައިވާ އެއް ޚިދުމަތްކަމުގައެވެ. އަދި މަގުހިނގާ ބޭނުންކުރާ މީހުންނާއި އެމީހުންގެ މުދަލަށް ސަލާމަތްތެރިކަން ފޯރުކޮށްދިނުމާއި، އެމީހުންނަސް އެހީތެރިވެދީ ފަސޭހަކޮށްދިނުމަކީވެސް ފުލުހުންގެ ޒިންމާއެއްކަމުގައި ކޮމިޝަނަރ ވިދާޅުވި އެވެ.

ކޮމިޝަނަރ ވިދާޅުވީ ކުށްކުރުން ހުއްޓުވުމާއި މަގުމަތީގެ އަމާންކަން ބަލަހައްޓައިދިނުމާއި، މިއިން ކޮންމެ ކަމަކީ ފުލުހުންގެ ޒިންމާ ތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައެވެ. އަދި އެއީ ވަކި އެއްކަމަކަށް އެކަނި އިސްކަންދީގެ ފުރިހަމަ ކުރެވޭނެ ކަންކަމެއް ނޫންކަމާއި، އެކަންކަން ރަނގަޅު ގޮތުގައި ކުރުމަށް، ފުލުހުންގެ މަސައްކަތްތައް ތަރުތީބުކުރެވިފައިވާ ގޮތަށް ބަދަލު ގެނެސް މަސައްކަތްތައް އިޞްލާޙްކޮށް ތަރައްޤީކުރުމަށް އިތުރަށް މަސައްކަތް ކުރަމުންދާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ ހަލުވިކަމާއެކު ޤައުމަށް އަންނަމުންދާ އިޖުތިމާއީ، ސިޔާސީ، އިގްތިޞާދީ، ޓެކްނޮލޮޖީ އަދި މޫސުމީ ބަދަލުތަކާ ގުޅުވައިގެން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ފުލުހުން މިއަދު ވާންޖެހިފައިމިވަނީ އެބަދަލުތަކަށް ހޭލުންތެރި، ގާބިލްބަޔަކަށްކަމުގަ އެވެ.

ފުލުހުންގެ މުއައްސަސާއަކީ، މި މަސައްކަތުގައި އަބަދުމެ ދެމިއޮންނަ، އެއިރަކަށް ބޭނުންވާ ކުރިއެރުންތައް ލިބި، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ފުރިހަމައަށް ލިބިފައިވާ މުއައްސަސާއަކަށް ވުމަށް ކުރަންޖެހޭ ގިނަ ކަންތައްތައް އަދިވެސް އެބަހުރިކަމާއި، އެމަގުން ފުލުހުން ކުރަމުން އައި މަސައްކަތުގެ ރަނގަޅު ނަތީޖާވެސް މިއަދު ވަނީ ފެންނަން ފަށާފައިވާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *