Search Streamline Icon: https://streamlinehq.com

މަތިވެރި ދާއިރާގެ މެންބަރު ޒަރީރަށް ހަމަލާދީ ޒަހަމުކޮށްލައިފި

NYrLhEicE5xLdxjoe5kzNW7qbkKNo2vn6lUy4ikX

ރައްޔިތުންގެ މަޖިލީހުގެ އއ. މަތިވެރި ދާއިރާގެ މެންބަރު، ޙަސަން ޒަރީރުއަށް ބަޔަކު ޙަމަލާދީ ޒަޚަމުކޮށްލައިފި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާއަށް ޙަމަލާދީ ޒަޚަމުކޮށްލާފައި ވަނީ ރޭ ފަތިހު 5:08 ހާއިރު އެވެ. އެ ހަމަލާގައި އޭނާއަށް މާ ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށް ވެސް މީޑިއާތަކުގެ ޚަބަރުތަކުގައި ބުންޏެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މެންބަރު، ޒަރީރަށް ހަމަލާދީފައި ނުރައްކާތެރި ހަތިޔާރެއް ކަމަށް ބެލެވިދާނެ އެއްޗަކުންނެވެ. ފުލުހުން ފުރަތަމަ ބުނީ އޭނާއަށް ހަމަލާ ދިނީ ތޫނު އެއްޗަކުން ކަމުގަ އެވެ. އެހެން ނަމަވެސް އެއީ އޭރު މައުލޫމާތުގެ ކުށެއް ކަމަށް ފަހުން ބުންޏެވެ.

ޒަރީރަށް ޙަމަލާދީފައިވަނީ ޓީވީއެމް ކުރިމަތިން، ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭ (ކުރީގެ އޮރިގާނޯ) ގައި ހުއްޓައި އެތަނަށް އައި ގުރޫޕަކުންނެވެ. އޭނާއަށް ހަމަލާދިން އިރު، އޭނާއާ އެކު މާފަންނު ދެކުނު ދާއިރާގެ މެންބަރު، އާދަމް އަލީ ވެސް ހުންނެވިކަމަށްވެ އެވެ. އަދި ހަމަލާދިން މީހުން އެތަނުން ނުކުމެގެން ދިޔަ މަންޒަރު އެސަރަހައްދުގައި ހުރި ސީސީޓީވީތަކަށް ވެސް އަރާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެ މައްސަލަ މިހާރު ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ޒަރީރަށް ހަމަލާދިން މީހުން ކެފޭއިން ނުކުމެގެން ދިއުމުން ފުލުހުންގެ އެހީތެރިކަމާ އެކު އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފަ އެވެ. އެވަގުތުން ފެށިގެން ފުލުހުން އަންނަނީ އޭނާއަށް ހާއްސަ ސެކިއުރިޓީ ދެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *