Search Streamline Icon: https://streamlinehq.com

ރައީސުލްޖުމްހޫރިއްޔާ އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފި

Raees Solih Madam Fazna fenvaruonline

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރަސްމީ ދަތުރުފުޅެއްގައި، މިރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މިދަތުރުފުޅަކީ، އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިރަސްމިއްޔާތު އޮންނާނީ މިހަފްތާ ބަންދުގައެވެ.

ޕްރިންސް ޗާލްސްއަށް ރަސްކަން ލިބިވަޑައިގަތީ އެމަނިކުފާނުގެ މަންމާފުޅު ރާނީ އެލިޒަބަތު ދެވަނަ މިދިޔަ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ރާނީ އެލިޒަބަތުގެ ޖާނާޒާގައި ބައިވެރިވެވަޑައިގަތުމަށްވެސް ރއީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރައްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *