ގިނަ އަދަދެއްގެ ފިރިހެނުން ޢުމުރުން އެއްމެ 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން ހާމަކުރެއްވިގޮތުގައި އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ ފުލުހަށް ހުށަހަޅާފަ އެވެ. އަދި މި މައްސަލަ މިހާރު ތަހުގީގުކުރަމުން ގެންދަވާކަމަށްވެސް ފުލުހުން ހާމަކުރައްވަ އެވެ.
މި މައްސަލައަކީ ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވުމުން ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ކުއްޖާއަށް ދޭންޖެހޭ ޙިމާޔަތާއި ރައްކައުތެރިކަމާއިއެކު ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް ޖެންޑާ މިނިސްޓްރީން ވަނީ އެ ކުއްޖާ މާލެ ގެންގޮސްފައެވެ.









