Search Streamline Icon: https://streamlinehq.com

8 ރަށެއްގެ ބައި-އިލެކްޝަނުން ޕީޕީއެމް އަށް ބޮޑު ކާމިޔާބީއެއް!

Election Vote

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަނުން އިދިކޮޅު ޕީޕީއެމް އަށް ބޮޑު ކާމިޔާބެއް ލިބިއްޖެއެވެ.

އެގޮތުން 8 ރަށެއްގައި ބޭއްވި ބައި-އިލެކްޝަނުން ޕީޕީއެމް ވަނީ 5 ގޮނޑި ކާމިޔާބުކޮށްފައެވެ.

މިއަދު ކުރިއަށްދިޔައީ ހދ. ފިނޭ، ރ. އަނގޮޅިތީމް، ކ. ދިއްފުށީ، އއ. ފެރިދޫ، މ. ވޭވަށް، ތ. ގާދިއްފުށި، ލ މާމެންދޫ އަދި ގދ. ހޯޑެއްދޫގެ ބައި-އިލެކްޝަންގެ ވޯޓުލުމެވެ.

މީގެ ތެރެއިން ފިނޭ، ދިއްފުށި، ވޭވަށް، މާމެންދޫ އަދި ގދ. ހޯނޑެއްދޫގެ ބައި-އިލެކްޝަން ވަނީ ޕީޕީއެމް އިން ކާމިޔާބުކޮށްފައެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ ދެ ގޮނޑިއެއވެ. އަދި އަނގޮޅިތީމުގެ އިންތިޚާބުކުރީ އަމިއްލަ ކެނޑިޑޭޓެކެވެ.

މީގެ އިތުރުން ގއ. ދެއްވަދޫއާއި ރ. މީދޫ އަދި ށ. މާއުނގޫދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައިއިލެކްޝަން ވެސް މިއަދު ބޭއްވުމަށް ހަމަޖެހުނުނަމަވެސް ޕީޕީއެމް ފިޔަވައި އެހެން އެއްވެސް ފަރާތަކުން އެ ގޮނޑިތަކަށް ކުރިމަތިލައިފައި ނުވާތީ އެ ރަށްތަކުގެ އިންތިޚާބު ވެސް ޕީޕީއެމުން ވަނީ ކާމިޔާބުކޮށްފައެވެ.

މި ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގުލިބޭ 4985 މީހުންނަށް ލިބުނުއިރު، މިއިން ކޮންމެ ރަށެއްގައި އެއް ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އަދި މާލޭގައި ދެ ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.

އެ ރަށްރަށުގައި ބައި އިލެކްޝަން ބާއްވަން ޖެހުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *