މިސްކިތްތަކަށް އެއްގޮތަކަށްވެސް ނުވަދެވޭ ގޮތަށް މިހާ ހަރުކަށިކޮށް‘ މިސްކިތްތައް ބަންދުކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެކަމެއް ނޫންކަމުގައި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އަދި މިހާރު އިސްލާމް ދީނަށް މީހުން ހޭލުންތެރިކުރުމުގައި ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.
އަލީ ރަމީޒް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ދެ ޚަބަރެއްގެ ސްކްރީންޝޮޓާއި ވެސް އެކުގައި ކުރެއްވި ޕޯސްޓް އެއްގައެވެ.
އަޅުގަނޑޫމެންގެ ތެރެއިން ގިނަމީހުން ދިރިއުޅޭ ތަންތަނަކީ ފަސޭހައިން ނަމާދު ކުރެވޭގޮތަށް ހުންނަ ތަންތަނެއް ނޫން ކަމަށާއި، މިސްކިތްތައް ހުޅުވުމަށް ވެސް ޢަލީ ރަމީޒު ވަނީ ގޮވާލައްވާފައެވެ.
ރާއްޖޭގެ ދެ ނޫހެއްގެ ދެ ޕޯސްޓެއްވެސް ޢަލީ ރަމީޒުވަނީ ޝެއާ ކުރައވާފައެވެ. އެ ދެ ސުރުޙިގައިވަނީ ”މިސްކިތުން ފެން ކަނޑައި، މިސްކިތުގައި ތަޅު އަޅުވައިފި“ އަނެއް ސުރުޙިގައިވަނީ “ މިސްކިތުން ނަމާކުރާ ފަރާތްތައް ޖޫރިމަނާކުރަން ފަށައިފި“ މި ދެ ސުރުހީއެވެ.

މި ދެސުރުހީ އާއި އެކު ޢަލީ ރަމީޒު ކުރައްވާފައިވާ ފޭސްބުކް ޕޯސްޓްގައި ވިދާޅުވެފައިވަނީ މިސްކިތްތަކަށް އެއްގޮތަކަށްވެސް ނުވަދެވޭގޮތަށް މިހާ ހަރުކަށިކޮށް މިސްކިތްތައް ބަންދުކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި މިސްކިތްތައް ހުޅުވުމަށް ވެސް ގޮވާލައްވާފަ އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވެ ހާލަތު ގޯސްވުމުގެ ސަބަބުން މިސްކިތްތައް ވަނީ ބަންދު ކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް (ނޫވެލް ކޮރޯނާ ވައިރަސް) ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، 19 މޭ 2021 ވީ ބުދަ ދުވަހުން ފެށިގެން ވަނީ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލެވިފައި ވާކަމުގަ އެވެ.
ރާއްޖޭގައި ފެތުރެމުން މިދާ ކޮވިޑް ވައިރަސް އިން ރައްކައުތެރިވުމުގެ ގޮތުން މިމަހު 26 އިން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު 16:00 އިން ހެނދުނު 08:00 އަށް ކާފިއު ހިންގަން ފަށާފައިވާއިރު، ކާފިއު ނޫން ގަނޑިތަކުގައި ބޭރުގައި އުޅުމަށް ޚާއްޞަ ފާހެއް ބޭނުންވެއެވެ. ނޫންނަމަ ޖޫރުމަނާ ކުރެއެވެ. އެގޮތުން މިހާރު މިސްކިތްތަކަށް އަރާ ވަކި ވަކި ފަރުދުން ޖޫރިމަނާ ކުރާ ކަމުގެ ޝަކުވާ ބައެއް ނޫންތަކުގައި ދަނީ ހާމަކުރަމުން ނެވެ.
ނަމަވެސް މިދެންނެވި ޝަކުވާތަކާ ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ، މިސްކިތަކަށް އަރައިގެން އެއްވެސް މީހަކު ޖޫރިމަނާ ނުކުރާކަމުގަ އެވެ.









