Search Streamline Icon: https://streamlinehq.com

ސާފް ޗެމްޕިއަންޝިޕް 2023: ފުރަތަމަ މޮޅާއެކު ކުވެއިތުން އުއްމީދު އައުކޮށްފި

SAFF

ސަރަހައްދީ އެންމެބޮޑު ފުޓްބޯޅަ މުބާރާތް ކަމަށް ވާ ސާފް ޗެމްޕިއަންޝިޕްގެ މިއަހަރުގެ މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ކުވެއިތުން އުއްމީދު އައުކޮށްފިއެވެ.

މިއަދު ފެށި މި މުބާރާތުގައި އެޓީމުން މެޗު ކާމިޔާބު ކުރީ ނޭޕާލާ ވާދަކޮށް 3 ލަނޑު 1 ލަނޑުންނެވެ.

ބެންގަލޫރުގެ ”ސްރީ ކަންތީރަވާ ސްޓޭޑިއަމް“ ގައި ކުޅުނު މިއަދުގެ މެޗު ފެށިގެން ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެހެންނަމަވެސް ވަކި ހިސާބަކުން ކުވައިތުން ވަނީ މެޗުގެ ކޮންޓްރޯލް ނަގާފައެވެ.

އެޓީމުން އިދިކޮޅު ގޯލަށް ފޮނުވަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކީ 23 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގިއެވެ. މިއީ ލިބުނު ކޯނަރެއްގައި ނޭޕަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން އެޓީމުގެ ކެޕްޓަން ޚާލިދު ހަޖިއާ ޖަހައިދިން ލަނޑެކެވެ.

މި ނަތީޖާގައި ފުރަތަމަ ހާފު ނިމެން ދަނިކޮށް 41 ވަނަ މިނެޓުގައި ޝަބައިބް އަލްޚަރަބީ ޖަހައިދިން ލަނޑާއެކު ކުވެއިތު ވަނީ ހިތްހަމަޖެހިލާފައެވެ.

ދެ ލަނޑުގެ ލީޑަކާއި އެކު ދެވަނަ ހާފު ފަށައިގެން 65 ވަނަ މިނެޓުގައި އެޓީމުން ވަނީ ތިންވަނަ ލަނޑު ޖަހާ ހަށިފުރާ ނޭވާލާފައެވެ. މި ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން މުޙައްމަދު އަބްދުﷲއެވެ.

މި ޕެނަލްޓީ އަކީ ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލްގެ ރޯހިތު ޗާންދުގެ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި ނޭޕާލުގެ ހަމަ އެކަނި ލަނޑު، ޖެހީ އުފެއްދި ކައުންޓާ އެޓޭކެއްގައި އަންޖަން ބިސްޓާއެވެ.

މި މުބާރާތުގެ އިތުރު މެޗެއް މިރޭ ކުޅޭނެ އެވެ. މިރޭ 7:00 ގައި ކުޅޭ މި މެޗަކީ ވެސް ގުފޫޕް އޭ ގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ޕާކިސްތާނާއި އިންޑިއާއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި