އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް 2023 ގައި ރާއްޖެ މިއަދު ކުޅުނު މެޗުން ވެސް ބަލިވެ، އަމިއްލަ ބާރުގައި ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ގެއްލިއްޖެއެވެ.
ލެބަނަން އާ ވާދަކޮށް މި މެޗުން ރާއްޖެ ބަލިވީ 1-0 ލަނޑުންނެވެ.
މި މެޗުގައި ލެބަނާނުން ލީޑުނެގީ މެޗުގެ 23 ވަނަ މިނިޓްގައެވެ. މި ލަނޑު ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން، ހަސަން މާތޫކްއެވެ.
މިއީ އޭރިއާ ރޮނގުމަތިން ލިބުނު ހިލޭ ޖެހުމެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ސެމީ ފައިނަލުގައި ލެބަނަން ކުޅެން ޖެހޭނީ އިންޑިއާއާއެވެ.
މި މުބާރާތުގައި ރާއްޖެއަށް ސެމީ ފައިނަލުގެ ފުރުސަތެއް އޮންނާނީ މިހާރު ކުޅެމުންދާ ބަންގްލަދޭޝް އާއި ބޫޓާން މެޗު، 3-0 ލަނޑުން ބޫޓާން މޮޅުވެއްޖެނަމައެވެ. އެ ނޫން ކޮންމެ ނަތީޖާ އެއް މި މެޗުގައި ނުކުތްނަމަވެސް މި މުބާރާތާ ރާއްޖެ ވަކިވާން ޖެހޭނެއެވެ.
މިއީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެއްގައި ގްރޫޕް ސްޓޭޖުން ރާއްޖެ ކަޓާ ފުރަތަމަ ފަހަރުވެސް މެއެވެ.














