Search Streamline Icon: https://streamlinehq.com

ސާފް ޗެމްޕިއަންޝިޕް 2023: އިންޑިއާ އިން ޗެމްޕިއަންކަން ދިފާއު ކޮށްފި

Saff Champion 2023 india

އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެންމެފަހުގެ ޗެމްޕިއަން އިންޑިއާ އިން ދިފާއުކޮށް، ތަށި އުފުލާލައިފިއެވެ.

އިންޑިއާ އިން ޗެމްޕިއަންކަން ހޯދީ، ފައިނަލުގައި ކުވޭތާއި ބައްދަލުކޮށް ފުރިހަމަ ވަގުތު ކަމުގައިވާ 90 މިނެޓުގެ ކުޅުން ހަމަވިއިރު، 1-1 ލަނޑުން އެއްވަރުވެފައި އޮތުމުން އިތުރުވަގުތުގެ ގޮތުގައި ކުޅުނު 15 މިނެޓުގެ ދެ ހާފުގައި ވެސް ނަތީޖާއަށް ބަދަލެއް ނައުމުން ޕެނަލްޓީ ޝޫޓުއައުޓުގައި ކުރި ހޯދައިގެންނެވެ.

ޕެނަލްޓީ ޖަހައިގެން އިންޑިއާ ޗެމްޕިއަންކަން ހޯދީ 5 ލަނޑު 4 ލަނޑުންނެވެ.

ބެންގަލޫރުގެ ކަންޓީރަވާ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ޕެނަލްޓީގައި އިންޑިޔާއިން ޕެނަލްޓީ ކާމިޔާބުކުރީ ކެޕްޓަން ސުނިލް ޗެތުރީއާއި ސަންޑޭޝް ޖިންގަންއާއި ލަލިއާން ޒުއާލާއާއި ސުބާޝިސް ބޯސޭއާއި ނައޮރެމް މަހޭޝް ސިންގެވެ. އިންޑިޔާއަށް ނާކާމިޔާބުވީ އުދަންތާ ސިންގް ޖެހި ޕެނަލްޓީއެވެ. އޭނާ ޖެހި ޕެނަލްޓީ ގޯލާއި އަމާޒުނުވީއެވެ.

ކުވޭތުން ޖެހި ހަ ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ފަވާޒް އަލް އޮތައިބީއާއި އަހުމަދު އަލްދެފިރީއާއި އަބްދުލް އަޒީޒް ނާޖީއާއި ޝަބީބް އަލް ހަލްދީ ޖެހި ޕެނަލްޓީއެވެ. ނާކާމިޔާބުވީ މުހައްމަދު އަބްދުﷲ ދަހަމަ ޖެހި ޕެނަލްޓީއާއި އިންޑިޔާގެ ކީޕަރު ދިފާއުކުރި މެޗުގެ ފަހު ޕެނަލްޓީ ކަމަށްވާ ކެޕްޓަން ހާލިދް އަލް އިބްރާހީމް ޖެހި ޕެނަލްޓީއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާއިން ނެގިއިރު، މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ނުވަވަނަ ފަހަރެވެ. އަދި މިހާތަނަށް އެންމެ ގިނަ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ވެސް އިންޑިއާ އިންނެވެ.

މިއަހަރުގެ މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ ބޭނުމުގައި ސަރަހައްދުން ބޭރުން ދެ ގައުމު ކަމަށްވާ ކުވައިތާއި ލެބަނާނަށް ވަނީ ފުރުސަތު ދީފައެވެ.

މި ދެޓީމުގެ ތެރެއިން ކުވެއިތު ފައިނަލް ކުޅުނުއިރު ލެބަނާން ސެމީގައި ކުޅުނެވެ. އެޓީމު ސެމީ ފައިނަލުން ކެޓީ އިންޑިއާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ.

މިދިޔަ ޖޫން މަހުގެ 21 ން ޖުލައި ހަތަރެއްގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓް ހޯދީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތްރީއެވެ. މިއީ އޭނާ މުބާރާތުގެ ރަންބޫޓު ހޯދި ތިންވަނަ ފަހަރެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި