Search Streamline Icon: https://streamlinehq.com

ފަހުގެ

ދައުލަތުން ފައިސާ ލިބޭ މިންވަރަށް މެމްބަރުން ހަމަވަނީ 4 ޕާޓީއެއްގަ

Elections Commission

ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުން ފައިސާ ލިބޭ މިންވަރަށް މެމްބަރުން ހަމަވަނީ 4 ހަތަރު ސިޔާސީ ޕާޓީއެއްގައިކަން ހާމަވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގައި މިހާރު ރަޖިސްޓްރީ ކޮށްފައިވާ ޕާޓީތަކުގެ ތެރެއިން 10،000 އަށްވުރެ އިތުރަށް މެމްބަރުން ހަމަވަނީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ އަދި އެމްޑީއޭ ގައެވެ.

އީސީ އިން އެންމެފަހުން އާންމުކުރި ތަފާސް ހިސާބުން ދައްކާގޮތުގައި އެމްޑީޕީގައި 58،035 މީހުން ތިބިއިރު، ޕީޕީއެމްގައި 38،831 މެމްބަރުން އެބަތިއްބެވެ. އަދި ޖޭޕީގައި 22،705 މެމްބަރުން ތިބިއިރު، އެމްޑީއޭގައި 10،227 މެމްބަރުން ތިބިކަމަށް ދައްކައެވެ.

މީގެ އިތުރުން އަދާލަތު ޕާޓީގައި މިހާރުތިބީ 9،595 މެމްބަރުން ކަމަށާއި އެމްއެންޕީގައި ތިބީ 9،729 މެމްބަރުން ކަމަށް ދައްކައެވެ. އަދި އެމްއާރްއެމްގައި 2،892 މެމްބަރުން ތިބިއިރު، އެމްޓީޑީގައި ތިބީ 3،000 މެމްބަރުން ކިރިޔާ ހަމަވާ މިންވަރަށެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި