Search Streamline Icon: https://streamlinehq.com

އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރ އަކަށް ދިރާގު

DHRG ASC2023

އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

މި މުބާރާތް ޖުލައި 8 ން 17 ގެ ނިޔަލަށް ކ. ތުލުސްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި އިވެންޓްގައި ބައިނަލްއަޤްވާމީ އަދި ދިވެހި އެތުލީޓުންވެސް ބައިވެރިވާނެއެވެ.

އެގޮތުން މި އިވެންޓުގައި 15 އަށް ވުރެ ގިނަ ޤައުމުން ރާޅާއެލުންތެރިން ހިމެނޭއިރު، ދިވެހިރާއްޖޭގެ ހަ އެތުލީޓުން ހުރިހާ ކެޓެގަރީއެއްގައި ވެސް ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް،“ މުޙައްމަދު މިރްޝާން ހަސަން ވިދާޅުވީ އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގެ ޑިޖިޓަލް ޕާޓްނަރަށްވެ، މި ބައިނަލްއަޤްވާމީ މުބާރާތް ޖަޒީރާ ޤައުމުގައި ބޭއްވުމަށް މަގުފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި ފަރާތްތަކަށް މި އިވެންޓް ގެނެސްދިނުމަށްޓަކައި ވާނީ ދިރާގުގެ ހައި ސްޕީޑް ޑިޖިޓަލް ކަނެކްޓިވިޓީ މެދުވެރިކޮށް އެފަރާތްތަކަށް ފުރިހަމައަށް ޓޯންމެންޓް ބަލާލުމުގެ ފުރުސަތު މަގުފަހިކޮށްދީފައި ކަމަށެވެ.

“ ކޯވިޑް-19 ގެ ސަބަބުން އައި މެދުކެނޑުމަކަށް ފަހު މި އިވެންޓްގެ ސަބަބުން އަނެއްކާވެސް ދިވެހި ރާޅާއެޅުންތެރިންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ވިދާލުމުގެ ފުރުސަތު ލިބިގެންދާނެ. އަދި މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އަޅުގަނޑުމެންގެ ދުނިޔޭގެ ފެންވަރުގެ ސަރފް ބްރޭކްތައްވެސް ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއް.“ މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަންގެ ޗެއަރމަން، މުޙައްމަދު ސޮބާހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެހެންކަމުން މިކަން މަގުފަހިކޮށްދިނުމަށް ދިރާގުން ދެމުންގެންދަވާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގެ އެންމެ ފުރިހަމަގޮތުގައި ކުރިއަށް ގެންދިޔުމަށް ދިރާގުން ވެދެއްވާ ދީލަތި އެހީތެރިކަމަށް ވެސް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.

ދިރާގަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އަބަދުވެސް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ.  

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *