Search Streamline Icon: https://streamlinehq.com

ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި

Hajju

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުން ރާއްޖެ އަންނަން ފަށައިފިއެވެ.

އެގޮތުން މިހާތަނަށް ވަނީ ދެ ފްލައިޓެއްގައި މީހުން ރާއްޖެ އައިސްފައެވެ.

އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ހައްޖަށްދިޔަ މީހުންނާއި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ މީހުންނެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައި ދިވެހި ހައްޖުވެރިން ގޮވައިގެން އަންނަ ތިންވަނަ ފްލައިޓު ރާއްޖެ އަންނާނީ ޖުލައި 10 ވަނަ ދުވަހުއެވެ. އެދުވަހުގެ ފްލައިޓުން އަންނާނީ ވެސް ހައްޖު ކޯރޕަރޭޝަންގެ ހަވާލުގައި ދިޔަ މީހުންނެވެ.

މީގެ އިތުރުން ޖުލައި 11 ވަނަ ދުވަހު، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ޙަވާލުގައި ދިޔަ ޙައްޖުވެރިން އައުމަށް ހަމަޖެހިފައިވާއިރު، ދިވެހި ޙައްޖުވެރިން ގޮވައިގެން އަންނަ 5 ވަނަ ފްލައިޓް އަންނާނީ ޖުލައި 12 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ފްލައިޓުން ރާއްޖެ އަންނާނީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ޙަވާލުގައިދިޔަ ޙައްޖުވެރިންނެވެ.

ދިވެހި ޙައްޖުވެރިން ގޮވައިގެން ރާއްޖެ އަންނަ އެންމެފަހު ފްލައިޓް އަންނާނީ ޖުލައި 14 ވަނަ ދުވަހުއެވެ. އެންމެފަހު ގްރޫޕެއްގެ ގޮތުގައި އެ ދުވަހު ރާއްޖެ އަންނާނީ ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައިދިޔަ ޙައްޖުވެރިންގެ ފަހު ގްރޫޕެވެ.

މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން ދިވެހި 4 ހާޖީއަކު ވަނީ ނިޔާވެފައެވެ.

މިއަހަރު ރާއްޖެއަށް ޙައްޖަށް މީހުން ގެންދިޔުމަށް ލިބުނު 1000 ކޯޓާގެ ދަށުން ޙައްޖު ކޯރޕަރޭޝަންގެ އިތުރުން އަމިއްލަ 3 ގްރޫޕެއްގެ ޙަވާލުގައި ދިވެހިން ޙައްޖަށްގޮސްފައިވެއެވެ.

އެގޮތުން މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި 881 ޙައްޖުވެރިން ގޮސްފައިވެއެވެ. ރާއްޖޭން ދެން ޙައްޖަށް މީހުން ގެންދިޔަ ގްރޫޕްތަކަކީ، އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕް، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕް، އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *