Search Streamline Icon: https://streamlinehq.com

ލިބުނު އަނިޔާގެ ބަދަލު ހޯދަން ކޯޓަކަށް ނުދާނަން: އަލީ ވަހީދު

Ali Waheedh

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަށް ލިބުނު އަނިޔާގެ ބަދަލު ހޯދަން ކޯޓަށް ނުދާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ހުންނެވުމަށް ފަހު މިއަދު މާލެ ވަޑައިގެން އޭނާ ވިދާޅުވީ ވަރަށް އަނިޔާވެރިކޮށް ކުރި ކަންތަކުން އެންމެ ބޮޑު އަނިޔާއެއް ލިބުނީ އާއިލާގެ މެމްބަރުންނަށް ކަމަށެވެ.

އެހެންނަމަވެސް އެލިބުނު އަނިޔާތަކަށް ބަދަލު ހޯދަން ދައުލަތާއި ދެކޮޅަށް އުފުލާނެ ދައުވާއެއް ނޯންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފްރޭމްކޮށް އެކަން ކުރަން އުޅުނު ބަޔަކު ކުރަން އުޅުނީ 35 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތެއް ހެދުމަށް ކަމަށާއި އެކަމަކު އެކަން ވެސް ނުވެ ދިއުމަކީ ލިބޭ ބޮޑު ހިންހަމަޖެހުމެއް ކަމަށެވެ.

އެ ދައުވާތަކާއި ގުޅިގެން ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވެލައްވައިގެން އުޅުއްވާ ކަމަށާއި ރައީސް މައުމޫން އަވަސް އަވަހަށް ނޫސްބަޔާންތައް ނެރުއްވާ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ އޭނާ ފްރޭމް ކުރުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެހެންނަމަވެސް ރައީސް ނަޝީދުގެ ކައިރީގައި އެފަދަ ބަޔަކު އުޅޭ ކަމަށެވެ.

އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަތީ ޖިންސީ ގޯނާއާއި ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ކުރިއަށްނުގެންދިއުމަށް ނިންމާ އެ މައްސަލަ ފޮނުވާލާފައިވާ މައްސަލައެއްގެ ގޮތުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާފައިވަނިކޮށެވެ.

މިމައްސަލައިގެ ދައުވާތައް ކުރިއަށްނުގެންދިއުމަށް ނިންމީ، މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަހުގީގަށް ބަޔާންދީފައިވާ މީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބަޔާންކޮށް ޕީޖީއަށާއި ފުލުހުންނަށް ސިޓީ ފޮނުވާފައިވާތީ ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *