އިލެކްޝަން ކޮމިޝަންގެ މެންބަރު ޢަލީ ނަޝާތުގެ މެންބަރުކަމުގެ ދައުރު އިއްޔެ އަށް ހަމަވެއްޖެއެވެ.
މިކަން ހާމަކޮށް އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ކާމިޔާބު ކަމާއިއެކު މެންބަރު ކަމުގެ ދައުރު ފުރިހަމަކޮށްދެއްވާފައިވާތީ ޝުކުރުވެރިވާކަމަށެވެ. އަދި އިލެކްޝަންގެ އެކި މަގާމުތަކުންފެށިގެން ޖުމްލަ 12 އަހަރު އިޚްލާސްތެރިކަމާއިއެކު ކުރެއްވި މަސައްކަތަށް ކޮމިޝަނާއި އެންމެހާ މުއައްޒަފުންގެ ނަމުގައި ޝުކުރު ދަންނަވާކަމަށެވެ.
ނަޝާތު އިލެކްޝަންގެ އާއި ފުރަތަމަ ގުޅުނީ 2011 ވަނަ އަހަރުގެ ޖޫން މަހުއެވެ. އޭނާ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ، ސީނިއަރ ކޮމްޕިއުޓަރ އެނަލިސްޓްގެ އިތުރުން ކޮމިޝަންގެ ޑިރެކްޓަރގެ މަޤާމު ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ފެއްޓެވީ 2018 ޖުލައި 25 ގައެވެ.









