Search Streamline Icon: https://streamlinehq.com

މިނިވަންކަމުގެ މަދަނީ އައްޑަނައަކީ ރައްޔިތުންގެ ހިތްތަކުގައި އޮންނަ ޤައުމީ ލޯބި: ރައީސް

Raees Salih

މިނިވަންކަމުގެ މަދަނީ އައްޑަނައަކީ ރައްޔިތުންގެ ހިތްތަކުގައި އޮންނަ ޤައުމީ ލޯބި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެ އައްޑަނައިން ރައްކާތެރިކޮށްދޭ މިނިވަންކަމުގެ ބިންގަލަކީ ދާޚިލީ ހަމަޖެހުން ކަމަށެވެ. އަދި އެ ބިންގަލުގެ މަތީގައި ބިނާކުރާ ޤައުމިއްޔަތުގެ ކުރިބޯއްޓަކީ، ރައްޔިތުންގެ މެދުގައި އޮންނަ ޞުލްޙަމަސަލަސްކަމާއި އަމާންކަމާއި އެކުވެރިކަން ކަމަށެވެ.

”ހަމައެކަނި ބޮޑުތަކުރުފާނުގެ ސީރަތަށް އަޅުގަނޑުމެން ނަޒަރު ހިންގިޔަސް، އެ ރަދުންގެ މިނިވަން ޖިހާދުގެ އިހާއި ފަހުގެ ޞަފުޙާތަކުން ވެސް ފެންނަނީ، މިނިވަންކަމުގެ މި ދެންނެވި ބަހާތައް. ދެ ޙާޖީންނާއި ދަންޑެހެލާ ގޮވައިގެން އުތީމުގެ ޒުވާން ތިން ބަޠަލުން، މަލިކައްޑޫގައި ކުރެއްވި ޤައުމީ ޖިހާދުގެ ކޮންމެ ދުވަހެއް އަދި ކޮންމެ ހިނދުކޮޅެއް، އެ ރަދުން ހޭދަކުރެއްވީ ދިވެހިން އެއްބައިވަންތަކޮށް އެކުވެރި ކުރެއްވުމަށް.“ ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ދޮންބަންޑާރައިންގެ ޤައުމީ ޖިހާދުން ވެސް އަޅުގަނޑުމެންނަށް ފެންނަނީ ޞުލްޙަޔާއި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓެވުމަށް ކުރެއްވި މަސައްކަތް ކަމަށެވެ. އަދި އެ ރަދުންގެ ޤައުމީ ޖިހާދުގެ ވެސް އާރާއި ފަންވަރަކީ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ކަމަށެވެ.

ރައީސް ސާލިހުގެ ވާހަކަފުޅުގައި އެ ރަދުންނަށް ލިބިވަޑައިގެންނެވި ހަކަތައަކީ، ހަމަޖެހުމާއި ޞުލްޙަވެރިކަމަށް ރައްޔިތުން ބޭނުންޖެހިފައި ތިބި މިންވަރުކަން ވަނީ ފާހަގަކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *