Search Streamline Icon: https://streamlinehq.com

ފައިސަލް ނަސީމްގެ ނަންފުޅު ދިވެހި ތާޜީޚްގައި ރަން ކުލައިން ފަވާލެވޭނެ: އާދަމް ޝަރީފް

Faisal Naseen Naibu Raees

ނައިބު ރައީސް ފައިސަލް ނަސީމްގެ ނަންފުޅު ދިވެހި ތާޜީޚްގައި ރަން ކުލައިން ފަވާލެވޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރ. މަޑުއްވަރީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އަށް ޓެގްކުރައްވާ އާދަމް ޝަރީފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ނައިބު ރައީސްގެ ހައިސިއްޔަތުން ފައިސަލް ނަސީމް ދައްކަވާފައިވަނީ ވަރަށް ނަމޫނާ ރީތި މިސާލެއް ކައުގައެވެ. އިޚްލާސްތެރި ކަމާއި ތެދުވެރި ކަމާއި އެކު ނައިބު ރައީސްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އަށް ވަފާތެރިވެ، ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވުމަކީ ނައިބުރައީސް ފައިސަލް ނަސީމްގެ ނަންފުޅު ދިވެހި ތާރީޚް ގައި ރަން ކުލައިން ފަވާލެވޭނެ ކަމެއް ކަމުގައިވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

“ އިބޫ، ގެ ރަނިންގމޭޓަކަށް ހޮވާނެކަމުގެ ކުލަ ހުވަފެން ދައްކާފައި، އެ ފުރުޞަތު ނުދިނުމުން އެނގެނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި އެކު ކުރާ ޚިދުމަތައްވުރެ ޕޮލިޓިކްސްގެ ވިހަ މާ ބޮޑަށް ގަދަކަން.“ ރައްޔިތުންގެ މަޖިލީހުގެ ރ.މަޑުއްވަރީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

އެމަނިކުފާނުގެ މެސެޖް ނިންމަވާލައްވާފައި ވަނީ ނައިބުރައީށް ފައިސަލް ނަސީމް އަށް ބާއްޖަވެރި ދުވަސްތަކެއް މިންވަރު ކުރެއްވުމަށް އެދިވަޑައިގަންނަވަމުން ނެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރަނިންގމޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު އަސްލަމް ހަމަޖައްސާފައިވާކަމުގެ އަޑު ފެތުރިފައިވާ ދަނޑީވަޅެއްގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީޟް މުޙައްމަދު ޞާލިޙްގެ ރަނިންގމޭޓަކަށް އައްޑޫ ސިޓީ ހިތަދޫ އުތުރުދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރ މުޙައްމަދު އަސްލަމް ހަމަޖެއްސަވާފައިވާކަން ރަސްމީކޮށް އެމްޑީޕީން ވަނީ އެމަނިކުފާނަށް އަންގާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރަނިން މޭޓަކަށް އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރ މުޙައްމަދު އަސްލަމް ހަމަޖައްސަވާފައިވާއިރު، އެ މަޤާމަށް އަސްލަމް ހަމަޖައްސާނެކަމުގެ އަޑުތައް މީގެ ދުވަސްކޮޅެއްކުރިން ވަނީ ފެތުރިފައެވެ. ނަމަވެސް އެންމެ ފަހު ވަގުތާއި ހަމައަށްވެސް މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމަށް އެފުރުޞަތު ދެއްވާނެކަމަށް ގިނަ ބަޔަކު ދިޔައީ ޤަބޫލުކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *