އުމުރުން 12 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކުރައްވައިފި އެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި ގެއްލިގެން ހޯދަމުންދާ ރ. މާކުރަތު / ގަހާކޯޅި، ޢާއިޝާ ބިންތް މަޙްމޫދު ރިޔާޟް (12އ) ގެއްލިގެން އޮގަސްޓް 10 ވަނަ ދުވަހުގެ 00:58 އެހައިކަންހާއިރު އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ، އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ޢާއިޝާ ބިންތް މަޙްމޫދު ރިޔާޟް އެންމެ ފަހުން ފެނިފައިވަނީ ހިޔާ ފްލެޓްގައި އެކުއްޖާ ދިރިއުޅޭ އެޕާޓްމަންޓުން އޮގަސްޓް 9 ވަނަ ދުވަހުގެ އިރުއޮއްސުނުހާއިރު ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަސްވެސް ފުލުހުން ހާމަކުރައްވަ އެވެ.
ޢާއިޝާ ބިންތް މަޙްމޫދު ރިޔާޟް އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފަ އެވެ.









