ގެއްލިގެން ހޯދަމުން އުމުރުން 12 އަހަރުގެ ދިވެހި އަންހެން ކުއްޖާ ފެނިއްޖެ ކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކުރައްވައިފި އެވެ.
ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔަ ކުޑަ އަންހެންކުއްޖާ މިއަދު 13:44 އެހައިކަންހާއިރު މާލެ އިން ފެނިފައިވާކަމަށާއި ފެނުން އިރު އެ ކުއްޖާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި ގެއްލިގެން ހޯދަމުންދާ ރ. މާކުރަތު / ގަހާކޯޅި، ޢާއިޝާ ބިންތް މަޙްމޫދު ރިޔާޟް (12އ) ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އޮގަސްޓް 10 ވަނަ ދުވަހުގެ 00:58 އެހައިކަންހާއިރު އެވެ.









