Search Streamline Icon: https://streamlinehq.com

ދައްކާ ނަމޫނާގައި ކުދިން ނުހިފުމަކީ އުއްމީދު ކަނޑާލަންވީ ކަމެއް ނޫން: މެޑަމް ފަޒުނާ

Madam fazuna

”ކުދިން ތަރުބިއްޔަތު ކުރުމަށް ފަހިމަގެއް“ މިނަމުގައި އަޙްމަދު ފަޔާޟް ޙަސަން ލިޔުއްވާފައިވާ ފޮތް ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ނެރެދެއްވައިފިއެވެ.

ޤައުމީ ކުތުބުޚާނާގައި ބޭއްވި މި ރަސްމިއްޔާތުގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި މިފޮތުގައި ހިމަނާފައިވާ މަޢުލޫމާތު ޢަމަލީ ގޮތުން ބޭނުން ކުރެވިދާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އެކަމަނާ ވިދާޅުވީ، މިއަދު ނެރެވުނު މި ފޮތަކީ ވަރަށް މުހިއްމު އަދި ބޭނުންތެރި ފޮތެއް ކަމަށެވެ. އަދި ދަރިންތަރުބިއްޔަތު ކުރުމުގައި ކޮންމެ ދުވަހަކީވެސް ކަންކަން ދަސްކުރަންޖެހޭ ދުވަހެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ މުހިންމުކަމަކީ ކުދިންނަށް ނަމޫނާ ދެއްކުން ކަމަށާއި އެކަން ގިނަ ބަޔަކު ޤަބޫލު ވެސް ކުރާކަމަށެވެ. އަދި ކުދިންނަށް މައިންބަފައިން ދައްކާ ނަމޫނާގައި ކުދިން ނުހިފާ ނަމަވެސް އެކަމަކީ ކުދިންގެ ކިބައިން އުއްމީދު ކަނޑައިލާންވީ ކަމެއް ނޫންކަމަށާއި، ކުދިންނަށް ނަމޫނާ ދެއްކުމުގައި ބެލެނިވެރިން ދެމި ތިއްބެވުމަކީ ވަރަށް މުހިންމުކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެކަމަނާގެ ވާހަކަފުޅުގައި ވަނީ، ޓީޗަރެއްގެ ހައިސިއްޔަތުންނާއި މަންމައެއްގެ ހައިސިއްޔަތުން އެކަމަނާގެ ތަޖުރިބާތައްވެސް މިރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކާއި ޙިއްޞާ ކުރައްވާފައެވެ.

އަޙްމަދު ފަޔާޟް ޙަސަން ލިޔުއްވާފައިވާ، ”ކުދިން ތަރުބިއްޔަތުކުރުމަށް ފަހިމަގެއް.“ މިފޮތުގައި، ކުދިންތަރުބިއްޔަތު ކުރުމުގައި ޢަމަލު ކުރެވިދާނެ މުހިއްމު ގޮތްތަކާއި މަޢުލޫމާތު ހިމަނާފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *