ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލް ތަރި ނޭމާ، ސައުދީ އަރަބިއާ ލީގުގެ އަލް-ހިލާލަށް ދާން އެއްބަސްވެފައިވާ ކަމަށް ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ނޫސްވެރިއެއް ކަމަށްވާ ފެބްރިޒިއޯ ރޮމާނޯ ބުނެފައިއެވެ.
އުމުރުން 31 އަހަރުގެ ނޭމާއަށް ސައުދީގެ އަލް ހިލާލްއިން ރަސްމީކޮށް ބިޑެއް ހުށަހަޅާފައިވާއިރު، ނޭމާ ވަނީ އެ ބިޑުގެ މުސާރަ މިހާރު އެއްބަސްވެފައިކަމަށް ފަބްރީޒިއޯ ރޮމާނޯ ވަނީ ބުނެފައެވެ. އެގޮތުން އަލް ހިލާލުން ނޭމާއަށް ހުށަހަޅާފައި ވަނީ ޖުމުލަ 138 މިލިއަން ޕައުންޑްގެ ބިޑެއް ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.
ނޭމާ އަލް ހިލާލަށް ބަދަލުވާން އެއްބަސްވެފައިވަނީ ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެގޮތުން 2023 ވަނަ އަހަރާއި ހަމައަށް އޭނާ ހިލާލުގައި މަޑުކުރާނެއެވެ.
ފަބްރީޒިއޯ ބުނެފައި ވަނީ ނޭމާގެ ޓްރާންސްފާ ކަންކަން ފައިނަލް ކުރުމަށް މިހާރު ހިލާލުން ކުރަމުން އަންނަ ކަމަށާއި ދެފަރާތުން މިހާރުވަނީ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.. އަދި މިހާރު ކުޅުންތެރިޔާގެ ލީގަލް ޓީމުން މަސައްކަތް ކުރަމުންދަނީ އެގްރީމެންޓްގެ ކަންކަން ނިންމުމަށް ކަމަށްވެސް ފަބްރީޒިއޯ ބުނެފައިވެއެވެ. ރިޕޯތުތައް ބުނެފައިވާ ގޮތުން ނޭމާ މިއަދުގެ ވަގުތެއްގައި ސައުދީއަށް ފުރާނެއެވެ.
ނޭމާ 2017 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވީ ސްޕެއިންގެ ބާސެލޯނާއިން ދުނިޔޭގެ ރެކޯޑު ފީއެއް ކަމުގައިވާ 222 މިލިއަން ޕައުންޑަށެވެ. ނޭމާ ވަނީ މިހާތަނަށް ބާސާއަށް ކުޅުނު 112 މެޗުން 82 ގޯލު ޖަހާފައެވެ.













