Search Streamline Icon: https://streamlinehq.com

ދިވެހިންނަށް ވިސާނެތި ކިރްގިސްތާނަށް ކުރު ދަތުރުތައް ކުރެވޭނެ

Airbus kyrghistan

ދިވެހިރައްޔިތުންނަށް ވިސާނެތި ކިރްގިސްތާނަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިއްޖެ އެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ ވިސާނެތި ދިވެހިރައްޔިތުންނަށް ކިރްގިސްތާނަށް ދަތުރުކުރެވޭނެ ކަމުގަ އެވެ.

ވިސާނެތި ކިރްގިސްތާނަށް ދިވެހިންނަށް ދަތުރުކުރެވޭ އިންތިޒާމް ހަމަޖައްސާފައިވަނީ  ދިވެހިރާއްޖެއާއި ކިރްގިސްތާނާ 2 ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ. އެގޮތުން 23 ސެޕްޓެމްބަރ 2022 ގައި މި ދެ ޤައުމުގެ މެދުގައި ވިސާއާއި ނުލައި ދަތުރުކުރެވޭ އެއްބަސްވުމެއް ވަނީ ޤާއިމްކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން ހާމަކުރެއްވިގޮތުގައި ޑިޕްލޮމެޓިކް، އޮފިޝަލް އަދި އާއްމު ޕާސްޕޯޓް ގެންގުޅޭ މީހުންނަށް މިއަދުން ފެށިގެން ވިސާއާ ނުލައި މިހާރު އެ ގައުމަށް ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގަ އެވެ. ނަމަވެސް ކިރްގިސްތާނަށް ވަޒީފާ އަދާކުރުމަށާއި ތަޢުލީމްހާޞިލްކުރުމަށާއި ދިގު މުއްދަތަކަށް ތިބުމަށް ދާނަމަ ވިސާ ބޭނުންވާނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރައްވަ އެވެ.

ފޮރިން މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި ވިސާއާ ނުލައި ކިރްގިސްތާނަށް ދެވޭނީ މަދުވެގެން 30 ދުވަހުގެ މުއްދަތެެއްގައި އެ ގައުމަށް ގޮސް އެނބުރި އަންނަ ފަރާތްތަކަށް ކަމަށްވެސް މިނިސްޓްރީން ހާމަކުރައްވަ އެވެ. ދުރާލާ ވިސާ ނެގުމަކާއި ނުލާ ދިވެހިންނަށް ކިރިގިސްތާނަށް ދަތުރުކުރެވޭ އިންތިޒާމް ހަމަޖައްސާފައިވީނަމަވެސް ދިގު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކާއި، ތައުލީމު ފަދަ ކަންކަމަށް ދަތުރުކުރާނަމަ ދުރާލާ ވިސާ ޖަހަންޖެހޭނެ އެވެ.

ވިސާއާ ނުލައި ރާއްޖެއިން ދަތުރު ކުރެވޭ ބައެއް ގައުމުތަކުގެ ތެރޭގައި މޮރޮކޯ، ޗައިނާ، ޔޫއޭއީ އަދި ތައިލޭންޑް ހިމެނެއެވެ. މީގެ އިތުރުން ގިނަ ގައުމުތަކުން އޮން އެރައިވަލް ވިސާ ލިބެ އެވެ. ނަމަވެސް ކިރްގިސްތާނަށް ދަތުރުކުރާ ދިވެހިންގެ ތެރެއިން ކިޔެވުމަށާއި ވަޒީފާއަދާކުރުމަށް ނުވަތަ ވިޔަފާރިކުރުންފަދަ ދިގު މުއްދަތެއް ނަގާ ކަންކަމުގައި ދަތުރުކުރާނަަމަ ވިސާ ނަގަންޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން  ހާމަކުރައްވަ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *