Search Streamline Icon: https://streamlinehq.com

އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކުއާޓަރ ހަނިމާދޫއަށް ބަދަލުކުރަނީ

MNDF fenvaru

މޯލްޑީވްސް ނެޝަނަލް ޑިފެންސް ފޯސް( އެމްއެންޑީއެފް) ނޮދަން އޭރިއާ ހެޑްކުއާޓަރ ހދ. ހަނިމާދޫއަށް ބަދަލުކުރަން ނިންމަވައިފި އެވެ.

އެމްއެންޑީއެފުން ހާމަކުރެއްވި ގޮތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް، ހދ.ހަނިމާދޫއަށް ބަދަލުކުރާތީ އެކަން ފާހަގަކުރުމުގެ ގޮތުން އުތުރުގެ ފަސް ރަށެއްގައި އެމްއެންޑީއެފްގެ މިލިޓަރީ ޕެރޭޑް ބާއްވާގޮތަށްވަނީ ހަމަޖެހިފަ އެވެ.

އެމްއެންޑީއެފް އިން ހާމަކުރެއްވި ގޮތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއާޓަރު ހަނިމާދޫއަށް ބަދަލުވާތީ ސިފައިންގެ ހާއްސަ ޕެރޭޑެއް ހއ. އަދި ހދ. ގެ ބައެއް ރަށްރަށުގައި ބޭއްވުމަށް ވަނީ ނިންމަވާފަ އެވެ.

ސިފައިންގެ ޕެރޭޑް އޮންނާނީ މިމަހުގެ 25ން 29 ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 1630 ގައެވެ. އެގޮތުން ހދ. ހަނިމާދޫގައި ޕެރޭދް ބޭއްވުމަށް ހަމަޖެހިފައިވަނީ – 25 އޮގަސްޓް ދުވަހުގެ ހަވީރު އެވެ. އަދި ހދ. ކުޅުދުއްފުށީގައި 26 އޮގަސްޓް ދުވަހު ހަވީރު ޕެރޭޑް އޮންނައިރު، ހއ. ދިއްދޫގައި ޕެރޭޑް ބާއްވާނީ 27 އޮގަސްޓް ދުވަހުގެ ހަވީރު އެވެ. އަދި ހއ. އިހަވަންދޫގައި 28 އޯގަސްޓް ދުވަހު ހަވީރު ޕެރޭޑް އޮންނައިރު ހދ. ނޮޅިވަރަންފަރުގައި ޕެރޭޑް އޮންނާނީ 29 އޮގަސްޓް ދުވަހުގެ ހަވީރު އެވެ.

އެމްއެންޑީއެފް އިން ހާމަކުރައްވާ ގޮތުގައި ކޮންމެ ރަށެއްގައިވެސް ޕެރޭޑަށްފަހު ސިފައިންނާއެކު ފޮޓޯނެގުމުގެ ފުރުޞަތު ވަނީ އާންމުކޮށް ހުޅުވާލައްވާފައެވެ.

ސިފައިންގެ ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއާޓަރ މިހާރު ހިންގަމުން އަންނަނީ ޅ. މާފިލާފުށީގަ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *