Search Streamline Icon: https://streamlinehq.com

މަޑިފުއްޓާއި ދިޔަމިގިލި ގުޅާލަން ރައިސް ސޯލިހު ވައުދުވެއްޖެ

Capture

ތ.މަޑިފުއްޓާއި އެއަތޮޅު ދިޔަމިގިލި ގުޅާލާނެ ކަމަށް ރައިސް ސޯލިހު ވައުދުވެއްޖެއެވެ.

ތ. އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފަހު ރަށުގެ ގޮތުގައި މަޑިފުށްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ފަށައި ނިންމަން ޖެހޭ ބައިވަރު މަޝްރޫއުތައް އެބަހުރި ކަމަށާއި ތ އަތޮޅަށްވެސް ގިނަ ކަންތައް ކޮށްދެއްވުމަށް ޕްލޭންކޮށްފައިވާ ކަމަށެވެ. އެގޮތުން އެއަތޮޅު މަޑިފުއްޓާއި ދިޔަމިގިލި ގުޅާލާން އެމަނިކުފާނު ވަނީ ވައުދުވެފައެވެ.

އަސާސީ ހިދުމަތްތަކާއި ރަށްރަށަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ އެންމެ ދުވަހަކުން ކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެން އެންމެ ކަމެއް ވެސް މަޑުޖެހިއްޖެ ނަމަ، ރައީސް ވިދާޅުވީ، އެކަމުގެ ސަބަބުން ދެން ހުރި މަޝްރޫއުތަކަށް ބުރޫ އަރާނެ ކަމަށެވެ.

މަޑިފުށްޓަށް ރައީސް ބައެއް ވައުދުތައް ވެވަޑައިގެންފައިވެއެވެ. އެގޮތުން އެ ރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމާއި، ރަށުގެ ގޮނޑުދޮށް ވަށައިގެން ރިވެޓްމެންޓް ޖަހައި ގޮނޑުދޮށް ހިމާޔަތްކުރުމުގެއިތުރުން ހައުސިން ޔުނިޓް ގާއިމްކުރުމާއި ދިގު މުއްދަތުން ދެއްކޭ ފައިނޭންޝަލް ސްކީމެއް ތައާރަފްކުރުން ހިމެނެއެވެ. އަދި ސްކޫލަށް ބޭނުންވާ ވަސީލަތް ހޯދައިދީ 10 ކްލާސްރޫމް އިމާރާތްކުރާނެ ކަމަށާއި މަޑިފުށީގައި ދޯނި އެހެޅާ ތަނެއް ހަދައި، އެ ރަށުގެ ސިއްހީ މަރުކަޒު ތަރައްގީކޮށް، ހިދުމަތްތައް ފުޅާކުރަން ވަނީ ވައުދުވެފައެވެ.

ރައްޔިތުން މި ސަރުކާރު އިންތިހާބުކުރީ އެ މާޒީ ތަކުރާރުވުމަށް އިތުރަށް ނޭދޭތީ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވުނީ ތަފާތު ހިޔާލުތަކަށް ފުރުސަތުތައް ފަހިކޮށްދެވިގެންނެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް ހުއްޓި ދައުލަތަށް އާމްދަނީ ލިބުން ހުއްޓުނު ކަމަށާއި، އެހެންވެ އުންމީދުކުރި ދުވެލީގައި ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ނުދިޔަ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ވެރިކަމާ ހަވާލުވުމުގެ ކުރިން ވެވަޑައިގަތް ވައުދުތަކުގެ 90 ޕަސެންޓު ފުއްދިފައިވާ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ރައީސް ތަކުރާރުކުރެއްވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *