Search Streamline Icon: https://streamlinehq.com

ޖޭޕީ އިން ނިންމީ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކާއި ނުގުޅުމަށް

JP

ރިޔާސީ ެިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީން ކުރެ އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމައިފިއެވެ.

މިކަން އެ ޕާޓީން އިއުލާން ކޮށްފައިވަނީ ސެޕްޓެމްބަރު 16 ވަނަ ދުވަހުގެ މެންދުރު 1:00 އިން ފެށިގެން ހަތަރު ގަޑިއިރަށް ދެމިގެންދިޔަ އެ ޕާޓީގެ ކައުންސިލުގެ 160 ވަނަ ބައްދަލުވުމަށްފަހުއެވެ.

މި ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން ތާއީދުކުރާނެ ޕާޓީއަކާއި ގުޅޭގޮތުން މެމްބަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ޖޭޕީ އިން ވަނީ މައުލޫމާތު ދީފައެވެ.

މީގެ އިތުރުން ޕާޓީން ގޮތް ނިންމުމުގެ އިޚްތިޔާރު އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް ދެއްވުމުން ގާސިމް ވަނީ ޖޭޕީގެ ސްޕެޝަލް އެޑްވައިޒަރ  އަބުދުﷲ ނަވާޒު ހުށަހެޅުއްވިގޮތަށް ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމަވާ، އެކަން އިއުލާން ކުރައްވާފައެވެ.

މިި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުން އެންމެގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުން ކަމަށްވާ ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.

މި ދެ ބޭފުޅުން އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުުރައްވަން ޖެހިވަޑައިގެންނެވި ފުރަތަމަ ބުރުގައި ވާދަކުރެއްވި އެއްވެސް ބޭފުޅަކަށް 50 ޕަސެންޓަށް ވުރެ މަތިން ވޯޓު ހޯއްދެވިފައި ނުވާތީއެވެ.

Leave a Reply

Your email address will not be published. Required fields are marked *