Search Streamline Icon: https://streamlinehq.com

މަކުނުދޫ މީހަކު ގެއްލިގެން ހޯދަނީ

Makunudhoo
ހދ. މަކުނުދޫ ޒުވާނަކު ވީނުވީއެއް ނޭންގި ގެއްލިގެން ފުލުހުން ހޯދަންފަށައިފިއެވެ.
ފިލުހުން މިއަދު ބުނީ ހދ. މަކުނުދޫ / ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް (28އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އާއިލާއިން ފުލުހަށް ރިޕޯޓް ކޮށްފައިވަނީ  މިމަހުގެ 17 ވީ އާދިއްތަ ދުވަހު ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންއަންނަކަމަށެވެ.
އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރ 15 ވީ ހުކުރު ދުވަހުކަމާއި އޭރުލައިގެންހުރީ ރުއްތަކެއް ޖަހާފައިހުރި ގަމީހަކާއި ސޯޓެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.
\ނާޠިފް ޢަބްދުއްސަލާމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އާންމުކޮން އަންގާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *